އަހުމަދު މަހްލޫފު

މަހުލޫފްގެ ޝަރީއަތް ކެންސަލް ކޮށްފި

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ކްރިމިނަލް ކޯޓުން ނިކުމެވަޑައިގަންނަވަނީ -- ފޮޓޯ: އަވަސް
0%
0%
0%

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތް ދައުލަތުން އެދިގެން ކެންސަލް ކޮށްފި އެވެ.

މިއަދު މެންދުރު ބާއްވަން ހަމަޖެހިފައި އޮތް އަޑުއެހުން ކެންސަލްކުރަން ދައުލަތުން އެދުނީ އިދާރީ ސަބަބަކާ ހެދި ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. ނަމަވެސް އެކަމުގެ ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.

މަހްލޫފްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައިވެސް ދައުލަތުން އެދިގެން ކެންސަލްކޮށްފައިވެ އެވެ.

ދައުލަތުން މަހުލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައި މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދެއްވުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަމަށެވެ. އެ ފައިސާ މަހުލޫފަށް ދިނީ އެސްއޯއެފް މެދުވެރިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށް ދައުލަތުން ބުނެ އެވެ.

މި ދައުވާއަށް މަހުލޫފް ވަނީ އިންކާރުކުރައްވާފަ އެވެ. މިގޮތުން މަހުލޫފުގެ ފަރާތްޕުޅުން ދިފާއީ ވަކީލް ޝީނާ މުހައްމަދު ވިދާޅުވީ އެ މުއާމަލާތަކީ ވިޔަފާރީގެ ބޭނުމަށް ހިންގި މުއާމަލާތެއް ކަމަށެވެ.

މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން އޭރު މައްސަލައާއި ހަވާލުވެ ހުންނެވި ގާޒީ މުހައްމަދު މިސްބާހު ނިންމީ މިއަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހު އެވެ.

ނަމަވެސް މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ވަނީ މި މައްސަލައިގެ ޝަރީއަތްތައް އަލުން ފެށުމަށް ނިންމާފަ އެވެ. މިހާރު މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345