ވިޔަފާރި

މަސީ އިން އިބޫ އަށް މަރުހަބާ ކިޔައިފި

Sep 24, 2018
2
އިފަޕްކާގެ ރައީސް މެތިއު (ކ)ގައި މަސީ އަށް ހަނދާނީ ފިލައެއް އަރުވަނީ- ފޮޓޯ: އަހުމަދު ޝުރާއު| އަވަސް
0%
100%
0%

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސާލިހު އާއި ރަނިން މޭޓް، ފައިސަލް ނަސީމަށް މަރުހަބާ ކިޔައިފި އެވެ.

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ މައި ޖަމިއްޔާ މަސީ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ފައިސަލް އާއި އިބޫ އަށް މަރުހަބާ އާއި މުބާރިކްބާދީ އަރިސް ކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައި މުޅި އިންޑަސްޓްރީގެ ކުރިއެރުމަށާއި ތަރައްގީއަށް އަދި އިންޑަސްޓްރީއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތްތައް ކުރުމުގައި މި އެސޯސިއޭޝަނުގެ ފުރިހަމަ އެއްބާރުލުން އާ ސަރުކާރަށް ލިބޭނެ ވާހަކަ ދައްކަވަމެވެ.

ގުޅިފައިވާ ކޯލިޝަނެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެ، އިބޫ އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރު ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީންއާ ވާދަ ކުރައްވާ އެވެ. އިލެކްޝަން ކޮމިޝަން (އީސީ) ގެ ނަތީޖާތަކުން ދައްކާ ގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަށް ލިބިވަޑައިގަތީ 96،132 ވޯޓެވެ. އަދި އިބޫ އަށް ލިބިވަޑައިގަތީ 134،616 ވޯޓެވެ. އީސީ އިން ބުނީ ޖުމުލަ 230،748 ސައްހަ ވޯޓް ލިބުނު އިރު 3129 މީހުން ބާތިލު ވޯޓުލީ ކަމަށެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 89.22 ޕަސަންޓު މީހުން ވަނީ މި އިންތިހާބުގައި ވޯޓްލައިފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އާމިރު

ތިޔަ މަސީއަކީ ރާއްޖޭގައި މި ވޭތުވެދިޔަ 5 އަހަރު ހިންގި ކޮރަޕްޝަންތަކުގެ އަޑީގައި ތިބި އިސްމީހުން ހިންގާ ޖަމްއިއްޔާއެއް. އެމީހުންގެ މައްސަލަތައް ބެލެން ޖެހޭނެ.

މުޅި ކޮންސްޓްރަކްޝަން

އިންޑަސްޓްރީ ތިމަސީ ދޮވެލައިފި. މިމީހުންނަށް ދޫދީގެން ނުވާނެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރި ނާރާ ދިޔައީ މިމީހިން އިސްވެތިބެ ޔާމީނު ލައްވާ ކުރުވި ކަންތައްތައް ތަކުން.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345