ބޮލީވުޑް

އިންޑިއާއިން އޮސްކާއަށް، ވިލެޖް ރޮކްސްޓާ

އަންނަ އަހަރު ބާއްވާ 91 ވަނަ އޮސްކާ އެވޯޑުގެ ފޮރިން ލޭންގުއޭޖް ފިލްމު ކެޓަގަރީއަށް، އަސަމީސް ބަހުން ނިކުތް އިންޑިއާގެ ފިލްމު "ވިލެޖް ރޮކްސްޓާރް" ގެ ނަން އެ ގައުމުން ފޮނުވައިިފި އެވެ.

އިންޑިއާގެ ފަގީރު އަވަށެއްގެ ކުޑަ އަންހެން ކުއްޖަކު މިއުޒިކީ ދާއިރާއިން ކުރިއަށް ގޮސް ގިޓަރިސްޓަކަށް ވުމުގެ އުއްމީދު ހާސިލުކުރާ ވާހަކަތައް ގެނެސްދޭ މި ފިލްމު ރިލީޒްކުރީ މިދިޔަ އަހަރު ސެޕްޓެމްބަރުގައި އެވެ. މި ފިލްމަށް ވަނީ މި އަހަރު އިންޑިއާގެ އެންމެ މޮޅު ފިލްމުގެ ގައުމީ އެވޯޑުވެސް ލިބިފައި އެވެ.

މި ފިލްމު ޑައިރެކްޓުކުރީ ރީމާ ދާސް އެވެ. އަދި ލީޑު ރޯލު ކުޅުނީ އުމުރުން 10 އަހަރު ބަނީތާ ދާސް އެވެ.

އެ ކެޓަގަރީއަށް ވާދަކުރަން އިންޑިއާއިން މި ފިލްމުގެ ނަން ފޮނުވީ ބޮލީވުޑާއި އިންޑިއާގެ އިތުރު ބަސްތަކުން ނިކުތް ފިލްމުތަކާއި ވާދަކުރުމަށްފަހު އެ ފިލްމުތައް ފަހަތައް ޖައްސާލާފައި އެވެ.