ހޮލީވުޑް

މާގޮޓް ރޯބީގެ ބާޑްސް އޮފް ޕްރޭ 2020 ގައި

ވޯނާ ބްރަދާސްއާއި ޑީސީ އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދޭ ފިލްމު "ބާޑްސް އޮފް ޕްރޭ" ފެބްރުއަރީ 7، 2020 ގައި ރިލީޒްކުރަން ނިންމައިފި އެވެ.

މި ފިލްމަކީ ޑީސީ ކޮމިކްސްގެ ކެރެކްޓަރު ހާލޭ ކުއިން ލީޑުން ފެނިގެންދާ ފިލްމެކެވެ. ހާލޭގެ ރޯލުން ފެނިގެންދާނީ ޑީސީގެ ފިލްމު "ސުއިސައިޑް ސްކޮޑް" ގައިވެސް އެ ރޯލު ކުޅުނު މާގޮޓް ރޯބީ އެވެ.

މާގޮޓްއާއެކު މި ފިލްމު ޕްރޮޑިއުސްކުރަނީ ސޫ ކްރޯލް އަދި ބްރިއަން އަންކެލެސް އެވެ.

ފިލްމުގެ މުޅި ކާސްޓް އަދި ފައިނަލްކޮށްފައި ނުވި ނަމަވެސް އަންނަ ހަފްތާ ނިމޭއިރު ކާސްޓަށް ނަގާނެ ތަރިން އިނގިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ފިލްމުގެ ޝޫޓިންތައް ފަށާނީ އަންނަ އަހަރު ކުރީކޮޅުގައި އެވެ.