ވިޔަފާރި

އައްޑޫ އިން ޓޫރިޒަމަށް ބިން ދޫކުރުން ކެންސަލްކޮށްފި

Sep 26, 2018

އައްޑޫ ޓޫރިޒަމް ޒޯނެއް ތަރައްގީކުރަން ބިން ދޫކުރަނ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރި އިއުލާނު ބާތިލްކޮށްފި

އެމްއައިޓީޑީސީއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ "އައްޑޫ ސިޓީ އިންޓަގްރޭޓަޑްގެ ޓޫރިޒަމް ޒޯން" ތަރައްގީ ކުރަން މިމަހުގެ 13 ވަނަ ދުވަހު ކުރި އިއުލާނު ބާތިލްކޮށްފައިވާ ކަމަށެވެ. އެ ކުންފުނިން ބިން ދޫކުރަން ނިންމާފައި އޮތީ ހިތަދޫ އާއި ފޭދޫ އަދި މަރަދޫ އާއި ހުޅުދޫ، މީދޫ އަދި ހިކަހެރައިން ކަނޑައަޅާފައިވާ ސަރަހައްދުތަކުންނެވެ.

އެ ކުންފުނިން ބުނީ އެމްއައިޓީޑީސީ އިން އެ މަޝްރޫއުގެ ބިޑް ފޮތް ވިއްކުމާއި ބިޑް ބަލައި ގަންނަން ހަމަޖައްސާފައި އޮތީ، މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ.