ހަބަރު

ދަރިންނާއި އަނބިންނަށް ފައިސާ ނުދޭ މީހުން އާންމުކުރަނީ

Oct 3, 2018
15

އާއިލާ މައްސަލަތަކުގައި ދައްކަންޖެހޭ ސާބިތު ހަރަދުތައް ނުދައްކާ މީހުންގެ ނަންތައް އާންމުކުރަން ފެމެލީ ކޯޓުން ނިންމައިފި އެވެ.

އެ ކޯޓުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، ކޯޓަށް ދައްކަންޖެހޭ ސާބިތު ހަރަދުގެ ފައިސާ ހުކުމާ އެއްގޮތަށް ދައްކަމުން ނުދާ ފަރާތްތަކުގެ މައުލޫމާތު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޮންމެ ތިން މަހުން އެއްފަހަރު އާންމުކޮށް ޝާއިއުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ސާބިތު ހަރަދުގެ ގޮތުގައި ބަލަނީ އިއްދައިގެ ހަރަދާއި ދަރިންގެ ހަރަދެވެ. އެފަދަ ހަރަދު ހުކުމާ އެއްގޮތަށް ނުދައްކާ މީހުންގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށް، އެކައުންޓް ފްރީޒް ކުރުމުގެ ބާރު ވެސް ފެމެލީ ކޯޓަށް އޮވެ އެވެ.