ހަބަރު

ނާޒިމް ބޭސްފަރުވާއަށް ބޭރަށް ފުރުވާލަނީ

ޖަލުގައި ހުންނެވި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުވާލަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނިންމައިފި އެވެ.

ކަރެކްޝަންސްގެ އޮފިޝަލަކު "އަވަސް"އަށް ވިދާޅުވީ ނާޒިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަން ހުއްދަ ދޭން މެޑިކަލް ބޯޑުގެ ނިންމާފައިވާ ކަމަށެވެ. އެގޮތުން އޭނާ މިރޭގެ ވަގުތެއްގައި ބޭރަށް ފުރާވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ނާޒިމްގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ނުވަތަ ފުރަނީ ކޮން ގައުމަކަށް ކަމެއް ސާފެއް ނުވެ އެވެ.

ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިފައިވަނީ އޭނާ ދިރިއުޅުއްވި ގެކޮޅުން ފިސްތޯލައަކާއި ތިން ވަޒަން ފެނިފައިވާތީ، ހަނގުރާމަ ގެންގުޅުނުކަމުގެ ކުށް ސާބިތުވެގެންނެވެ. އޭނާ ޖަލު ހުކުމް ތަންފީޒު ކުރެއްވި ފުރަތަމަ ދުވަސްވަރު ވެސް ރާއްޖެއިން ބޭރަށް ބޭހަށް ދިޔަ އެވެ.