ހަބަރު

ފަސްޓް ލޭޑީ ސައުދީ އަށް ފުރާވަޑައިގެންފި

Oct 4, 2018
12
މެޑަމް ފާތުން މީގެ ކުރިން ދަރަވަންދޫއަށް ވަޑައިގަންނަވަނީ --
0%
0%
0%

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ، މެޑަމް ފާތިމަތު އިބްރާހިމް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.

އެނގިފައިވާ ގޮތުގައި މެޑަމް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފައިވަނީ ހަގު ފިރިހެން ދަރިކަލުންނާއެކު އެވެ. ސައުދީ އަށް ދިއުމަށްޓަކައި މެޑަމް ފުރާވަޑައިގެންފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. އެކަމަނާ ސައުދީއަށް ވަޑައިގެންފައިވަނީ ސައުދީ އެއާލައިންސް އިންނެވެ.

ބައެއް ފަރާތްތަކުން ދަނީ އިންތިހާބުގެ ނާކާމިޔާބީއާ ގުޅިގެން މެޑަމް "ފިއްލެވީ" ކަމަށް ބުނަމުންނެވެ. އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، ރައީސް ޔާމީން އަދި މެޑަމްގެ ދަތުރުތަކުގެ މައުލޫމާތު ހިއްސާ ކުރުމުގައި ޕްރޮޓޮކޯލެއް އޮންނަ ކަމަށާއި އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރެވެންނެތް ކަމަށެވެ. އަދި ވިދާޅުވީ، ރައީސް ޔާާމީން އަދި މެޑަމް ފާތުންވެސް ގައުމުން ފިއްލަވާކަށް މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"ހަމަ ގައިމުވެސް އަޅުގަނޑު ޔަގީންކަން އަރުވަން ރައީސް ޔާމީންވެސް މެޑަމް ފާތުންވެސް މިގައުމުން ފިއްލަވައިގެން ނުދާނެކަން،" މުއާޒް ވިދާޅުވި އެވެ.

އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް އެންމެ ބުރަކޮށް ރައީސް ޔާމީނަށް މަސައްކަތް ކޮށްދެއްވި އެއްފަރާތަކީ މެޑަމް ފާތުން އެވެ. އިންތިހާބުގެ ނާކާމިޔާބީއަށްފަހު މެޑަމް އެއްވެސް ސިޔާސީ ހަރަކާތެއްގައި ފެނިފައެއް ނުވެ އެވެ.

އެގޮތުން އިންތިހާބުގެ ނަތީޖާ އޮޅުވާލި ކަމަށްބުނެ ކުރަމުންދާ މުޒާހަރާތަކުގައިވެސް މެޑަމްގެ ބައިވެރިވުން ފެނިފައިނުވާއިރު، ޕީޕީއެމް އިން މިދިޔަ ހުކުރު ދުވަހު އެޕާޓީން ބޭއްވި ކޮންގްރެސްއިން ވެސް މެޑަމް ފެނިފައެއްނުވެ އެވެ.

12 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345