އަލީ ހުސައިން

ސުޕްރީމް ކޯޓަށް ހާާޒިރުވާން އަލީ ހުސެއިނަށް އަންގައިފި

Oct 9, 2018

ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިނަށް މިއަދު ޗިޓް ފޮނުވައިފި އެވެ.

އަލީ ހުސެއިނަށް ފޮނުވާފައިވާ ޗިޓްގައި ބުނެފައިވަނީ އޭނާ ހާޒިރުކުރަނީ އެ ކޯޓުގެ ބޭނުމަކަށް ކަމަށެވެ. އެއީ ކޮން މައްސަލައެއްގަ ކަމެއް ބުނެފައެއް ނުވެ އެވެ.

އޭނާ ޗިޓްގެ ފޮޓޯއަކާއެކު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، "ހީވަނީ އަނެއްކާވެސް ސަސްޕެންޑް ކުރަން އުޅޭހެން" ކަމަށެވެ.

ސުޕްރީމް ކޯޓުން މީގެކުރިން ވެސް އަލީ ހުސެއިން ސަސްޕެންޑް ކޮށްފައިވެ އެވެ. އަލީ ހުސެއިނަކީ ސުޕްރީމް ކޯޓަށާއި ޝަރުއީ ދާއިރާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.