ދިވެހި ޕްރެމިއާ ލީގް

ނިލަންދު އަތުން ނިއުރޭޑިއަންޓް ފުއްދާލީ ޕެނަލްޓީއަކުން

ދިވެހި ޕްރިމިއާ ލީގްގައި، ފ. ނިލަންދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީން ކާމިޔާބު ކުރި ލަނޑުން އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ފަރު ޖައްސާލައިފި އެވެ. ނިއު މެޗު ކާމިޔާބު ކުރީ 1-0 ންނެވެ.

ފުރަތަމަ ހާފުގައި، ނިއުއަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. އެ ޓީމުގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނީ، އެ ފުރުސަތުތައް ބޭނުން ކުރެވުނު ނަމަ ތަފާތު ބޮޑު ނަތީޖާއަކުން މޮޅު ވެވުނީސް ކަމަށެވެ.

ވަރުގަދަ ސްކޮޑަކާއެކު ކިރިޔާ މޮޅުވެވުމުން ނިއު އަށް އޮތް ފާޑު ކިޔުން ބޮޑެވެ. ރައްދުގައި ސޮބާ ބުނީ އެންމެ ފަހުގެ ޗެމްޕިއަން ޓީމާ ދެކޮޅަށް ކޮންމެ ޓީމެއް ކުޅުނަސް އެ ޓީމެއް ކުޅޭނީ ފައިނަލެއް ކަމުގައި ދެކިގެން ކަމަށެވެ.

އޭނާ ބުނީ، ކިތަންމެ ވަރުގަދަ ޓީމަކަސް، ނިއު އާ ދެކޮޅަށް ކުޅޭއިރު ތަފާތު ވާނެ ކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ދެއްކީ، މިދިޔަ ހޯމަ ދުވަހު ވިކްޓަރީއާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗެވެ. ނިއު އަށް ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުމުން ނިއު އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނިއު އަށް ކުރިމަތި ވެފައިވާ މާލީ މައްސަލަތަކާ ހުރެ، ބައެއް ކުޅުންތެރިންނަށް މުސާރަ ނުދޭތީ، އެ ކުޅުންތެރިން ގަވާއިދުން ޕްރެކްޓިހަށް ނިނިކުމެ އެވެ. ނިއު މެޗަށް ނިކުތީވެސް އެ ހާލަތުގެ ތެރެއިންނެވެ.

މެޗުގައި ނިއު އަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކުރީ ކެޕްޓަން އަލީ ފާސިރު 'ސެންޓޭ' އެވެ. އެއީ މެޗުގެ 29 ވަނަ މިނެޓްގަ އެވެ.