ހަބަރު

ބްރޯޑްކޮމް އިން ފައިސާ ހަރަދު ކުރީ ރަނގަޅަށް: އޮޑިޓް

Oct 14, 2018

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން 2017 ވަނަ އަހަރު ފައިސާ ހަރަދުކޮށްފައި ވަނީ ރަނގަޅަށް ކަމަށް އެ އަހަރުގެ އޮޑިޓް ރިޕޯޓުން ދަައްކައިފި އެވެ.

ބްރޯޑްކޮމްގެ އޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނަރަލް އޮފީހުން ބުނެފައި ވަނީ 31 ޑިސެމްބަރު 2017 އަަށް ނިމުނު މާލީ އަހަރުގެ ހަރަދުތައް ކޮށްފައި ވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް ފާސްކޮށްދެއްވި ބަޖެޓުގެ މަގްސަދުތައް ހާސިލްވާ ގޮތަށް ކަމަށެވެ. އެގޮތުން ބަޖެޓުގައި ކަނޑައެޅިފައިވާ މިންވަރަށް ދައުލަތުގެ މާލިއްޔަތު ގާނޫނާއި
ގަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން އެހެނިހެން މާލީ ކަންކަން ވެސް ބްރޯޑްކޮމް އިން މައިގަނޑު ގޮތެއްގައި ހިންގާ ބަލަހައްޓާފައި ވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.