ވާހަކަ

ބުނެދޭށޭރުހެމޭ

(11 އޮކްޓޯބަރ 2018 އާ ގުޅޭ) -- "އެބައަންނަން، ފޯނު ހިފައިގެން" ނިމްރާ މިހެންބުނެ އޭނާގެ ލަގެޖުގައި އަޅުވައިފައި އިން އަތްދަބަހުގެ ތެރެއިން ފޯނު ނަގައިން އައިސް އަރްސަލްގެ ގާތުގައި އިށީނެވެ. އަދި ފޯނު ހުޅުވުމާއެކު އޭގައި ހުރި ފޮޓޯތަކާއި ކީފާ ފޮނުވާފައި ހުރި މެސެޖުތަކަށް ދަންދެން އަރްސަލްއަށް ދެއްކިއެވެ.

ނިމްރާގެ ފޯނު ބަލަމުންދިޔަ ވަރަކަށް އަރްސަލްގެ ލޭ ހޫނުވަމުންދިޔައެވެ. އިރުއިރުކޮޅާ ދަތްކުނޑިވިކާލައެވެ. އޭނާގެ ދެބުމަ ގުޅި ނިތަށް ރޫގިނަވެފައިވީއިރު އޭނާ އެ އިނީ ރުޅިއައިސްފައިކަން ކޮންމެ މީހަކަށް ވެސް އެގޭހާވާނެއެވެ.

"އައި ޖަސްޓް ވޯންޓް ޓު ކިލް ހާ ރައިޓް ނައު" އަރްސަލްގެ ހިތަށް އެރިއެވެ.

"ތީ ވެސް ހުސް ކީފާ ދޮގު ހަދައިގެން ދައްކާފައި ހުރި ވާހަކަތަ؟ ކީއްވެ ކީފާ ބުނަންވީ އަރްސަލް އޭނާއާ އިންނަންވެގެންނޭ އެ އަނގޮއްޓި ދިނީ، ތި ދެ މީހުން އިންނަން ހަމަޖައްސާފައި އޮތްކަން ކީފާ ބުނި ދުވަހު އަރްސަލް ވެސް އަހަންނާ އިންނަން ބޭނުންވާކަން އެންމެންގެ ކުރިމަތީ ބުނީ، އެއީ އިއްތިފާގެކޭ ހީކުރަންވީތަ؟" ނިމްރާ އިސްޖަހާލީ ރޮވެން ފެށުމުންނެވެ.

"ކީފާ...." ރުޅި އައިސްފައި އިންވަރުން ބާރަށް ބުނެވުނެއްކަމަކު އަރްސަލްގެ ދުލަށް އައިހާ އެއްޗެއް ގޮވާލާކަށް ނުކެރުނެވެ. ނިތްކުރީގައި އެއްއަތުން ހިފަހައްޓާލައި ދެފަރާތަށް އަރްސަލް ބޯހޫރުވާލިއެވެ.

"ސްކާލެޓް" އިސްޖަހާލައިގެން އިން ނިމްރާ ރޮނީކަން އެނގުމުން އަރްސަލް ގޮވާލިއެވެ.

"މިހެންވެތަ ސްކާލެޓްއަށް ތިހާ ބޮޑު ބަދަލެއް އައިސްގެން ތިއުޅެނީ" އަރްސަލް ސުވާލުކުރިއެވެ.

"އޭނާއަށް ހުރިހާކަމެއް އެނގެންވީ ކީއްވެ، އަރްސަލް ނުބުންނަންޏާ ކީއްވެ ކީފާއަށް އެނގެންވީ އަހަރެންމީ ވާޖިންއެއްނޫންކަން، އަހަރެން އެ ވާހަކަ އަރްސަލް ގާތުގައި ބުނެ އަރްސަލްގެ އެދުމަށް އިޖާބަދިނީ އެކަން މުޅި ދުނިޔެއަށް އަރްސަލް ޢިއުލާންކުރާނެކަމަކަށްނޫން، އަރްސަލް އަހަރެންނަށް ބޭނުންވީ އެހެވެގެންތަ؟" ކީފާ ދެއްކި ވާހަކަތަކުގެ ހަނދާން އާވުމުން ނިމްރާ ހިތުގައި ޖެހުނެވެ.

"އޭނާ އެހެން ވެސް ބުނީތަ؟" އަރްސަލްއަށް އަހާލެވުނެވެ. އެހިނދު ނިމްރާ އިންތަނުން ފުންމައިގެން ތެދުވެ އަރްސަލްއާ ދުރަށް ހިނގައިގަތެވެ.

"އަހަރެން ދޮގު ހަދަނީކަމަށްތަ ތި ހީކުރަނީ" ނިމްރާ ރޮވިފައި ހުރެ ތަންކޮޅެއް ބާރަށް އަރްސަލްއާ ދިމާއަށް ބުންޏެވެ. އޭރު އޭނާ ސޯފާއިން ތެދުވެގެން އައިސް ނިމްރާގެ ގާތުގައި ހުއްޓިއްޖެއެވެ. ނިމްރާގެ ދެއަތުގައި ހިފާލަން އުޅުމުން ދެއަތް ފޮޅުވާލީއެވެ.

"ހުރިހާކަމެއް އަރްސަލް ބޭނުންވާގޮތަށް ކުރަނީ، އެއްފަހަރު ވެސް އަހާނުލައި އަހަރެން ބޭނުންވަނީ ކޮންގޮތެއްތޯ، އަހަރެންނަށް ވެސް ނޫނެކޭ ނުބުނެވުނީ... އެއީ އަހަރެންގެ ކުށް، އަހަރެންގެ ބަލިކަށިކަން، އެއްފަހަރު ލިބުނު ފިލާވަޅުން ދަސްވިކަމެއްނެތް، އެހެންނޫންނަމަ އަހަރެން ދެވަނަ ފަހަރަށް އެފަދަ ގުޅުމަކަށް ފުރުޞަތެއްނުދޭނެ" ނިމްރާ ރޮމުންދިޔައިރު އަރްސަލް ހުރީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. އޭނާގެ މުޅި ނަފްސަށް ކުށްވެރިކަމުގެ އަސަރު ވެރިވެފައިވިއެވެ. ލޯތްބާއެކު ނިމްރާ ގެނެސް މޭގައި ފޮރުވާލަމުން އެ ދެއަތުގެ ތެރޭ ބާރަށް ހިފަހައްޓާލިއެވެ.

"އަހަރެންނަށް ޤަބޫލުކުރެވޭ ކީފާ ތިހާ ދަށުދަރަޖައަކަށް ހިނގައިދާނޭކަން، ޔޫ ވާ ހާޓް ބިކޯޒް އޮފް މީ، މައި އެކްޝަންސް... އައި އޭމް ޓްރޫލީ ސޮރީ ސްކާލެޓް، އައި ޑިޑިންޓް މީން ޓު ހާޓް ޔޫ ލައިކް ދިސް، ލޫންއަށްފަހު އަހަރެން އެފަދަ ގާތްކަމެއް އުފެއްދި ހަމައެކަނި އަންހެންކުއްޖަކީ ތީ، ގިނަ އަންހެނުންތަކެއް ގާތަށް ދިއުމަށް އަހަރެން ގަސްދެއްނުކުރަން، އަހަރެން އެއްވެސް މީހެއްގެ ގާތުގައި އެފަދަ ޒާތީ ވާހަކައެއް ނުދައްކަން، ޕްލީޒް، ދެން ނުރޮއެ ހުއްޓާލަބަލަ، ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުންޏަސް އަހަރެންނަށް އިޙްސާސްވާ ގޮތް އެނގޭނީ އަހަންނަށް، އަހަރެން ދުވަހަކުވެސް ބޭނުމެއްނޫން ނިމްއާ ދުރަށް ދާކަށް، ކައިވެނިކުރަން ބޭނުންވީ އެހެންވެ، އައި ރިއަލީ ލަވް ޔޫ" ނިމްރާގެ ބޮލުގައި އަރްސަލް ފިރުމާލިއެވެ.

"މިޢުވާނުގެ ސަބަބުން މީހުންނަށް އިތުބާރުކުރަން އަހަރެން ޖެހިލުންވީ، އެހެންވެ މިހާތަނަށް އަހަރެން ސިއްރުކުރަމުން އައި ކަންތައް ނުބުނީ، އެކަމަކު ނުބުނެ ބޭއްވުމަކީ އަހަރެމެން ދެ މީހުންގެ ދޭތެރޭ އަނެއްކާ ވެސް މިސްއަންޑަސްޓޭންޑިންގްއަކަށް ފުރުޞަތުދެވިދާނެކަމެއް... މިޢުވާނުގެ ބޭނުމަކީ އެއީކަން އަހަރެންނަށް އެނގޭ" އަރްސަލްއާ ދުރަށް ޖެހިލައި ނިމްރާ ވާހަކަދެއްކިއެވެ. އޭނާ ދެ ލޮލާއި ކޯތާފަތް ފުހެލައި އަރްސަލްއަށް ބަލާލިއެވެ.

"މިޢުވާނާއި ކީފާއަށް އެފަދަ ފުރުޞަތެއް ދެން ނުލިބޭނެ ދުވަހަކުވެސް" އަރްސަލް ޔަގީންކަމާއެކު ބުނެލިއެވެ. ނަމަވެސް ނިމްރާ ދެފަރާތަށް ބޯހޫރުވާލައިފައި އަނެއްކާ ވެސް ޖެހުނީ އަރްސަލްއާ ދުރަށެވެ.

"އަހަރެން ހީކުރީ މިހާރު އޭނާ ބޭބީގެ ވާހަކަ ބުނެދާނޭ، އެކަމަކު އޭނާ މަޑު އެކުރަނީ ކީއްވެކަމެއްނޭނގެ" ނިމްރާގެ އަޑު ކުރިއަށްވުރެ މަޑުވިއެވެ.

"އިޓްސް ދެއާ ޕްރޮބްލެމް، ކީފާގެ ބޭބީއާ އަހަންނާ އެއްވެސް ގުޅުމެއްނެތް، އެއީ ތެދެއްކަމެއް ނޫނީ އިތުރަށް އަހަންނަށް އޮޅުވާލަން ދެއްކި ވާހަކައެއްނޫންކަމެއް ވެސް ނޭނގެ، ސްކާލެޓް ޕްލީޒް، ޔޫ ޑޯންޓް ހޭވް ޓު ވޮރީ، އަހަރެންގެ ދަރިއަކަށް ބަލިވެ އިންނަންޏާ އިންނާނެ ހަމައެކަނި އަންހެނަކީ ތީ" އަރްސަލް ކުރިއަށް ޖެހިލައި ނިމްރާގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލިއެވެ.

"އަރްސަލް، ޔޫ ޑޯންޓް ނޯ އެނީތިންގް، ޕްލީޒް، ޖަސްޓް ލިސްން... އަހަރެންގެ މި ވާހަކަތައް އަޑުއެހުމަށްފަހު އަރްސަލްގެ އިޙްސާސްތައް އަހަންނާމެދު ބަދަލުވެސް ވެދާނެ" މަޑުމަޑުން އަރްސަލްގެ ދެއަތް ކޮނޑާ ދުރުކޮށްލަމުން ނިމްރާ ބުންޏެވެ.

"ވަޓް ޑޫ ޔޫ މީން" ހައިރާންވެފައި އަރްސަލް އަހާލިއެވެ.

"ބޭބީއަށް ހެދިގޮތެއް ނޭނގެއޭ މިޢުވާނު ބުނީ އަހަންނަށް އިޝާރާތްކޮށް، އަރްސަލް، ލޫންގެ މަރުގެ އެކްސިޑެންޓް ހިނގިއިރު އަހަރެން ޕްރެގް، އަހަރެންގެ ބަނޑަށް ތިންމަސްވެއްޖެ، އެރޭ ހުޅުމާލެއަށް އެހާވަރުން އައީ މިޢުވާނު ހުޅުމާލޭގައި ހުރި ޚަބަރު ލިބިގެން، އޭރު އޭނާ އަހަންނާ ބަދަލުނުކުރަންވެގެން ފިލައިގެން އުޅެނީ، އަހަރެންގެ ބަނޑުގައި އޮތީ އޭނާގެ ދަރިއެއް، އޭނާ އެ ދަރިފުޅާ ހަވާލެއްނުވި، މުސްކުޅިވެފައި ހުރި މާމަ ނޫނީ އެއްވެސް މީހެއް އަހަރެންގެނެތް، މިޢުވާނު އަހަރެންގެ ކާފަގެ ވިޔަފާރި އޭނާގެ ނަންމައްޗަށް އެއްކޮށް ބަދަލުކޮށްލީ އޮޅުވާލުމެއްގެ ތެރެއިން، އެރޭ އޭނާ ބުނީ ދަރިފުޅުގެ ކިބައިން ސަލާމަތްވާށާއި ދުވަސްކޮޅަކު އުޅެވޭވަރަށް ފައިސާކޮޅެއް ދީފާނަންކަމުގައި، އޭނާ އަހަރެންގެ ބޭނުން ހިފާލީ އަހަރެންގެ މޮޔަކަމުން، އެ ހުރިހާ ކަމެއް އެ މުސްކުޅި މާމަ ގާތު ގޮސް ބުނާނޭ ހިތްވަރެއް އަހަރެންގެނެތް، އެރޭ މަރުވާނެނަމައޭ އަހަރެންގެ ހިތަށް އެރި، އެކަމަކު ކަންތައްވީ އެހެންނެއްނޫން، އަހަރެންގެ އަދޭސް މިޢުވާނު އަޑުނާހާނޭކަން އެނގި ގެއަށްދާން ނުކެރިގެން އަހަރެން ދުއްވަނިކޮށް ސައިކަލު ކުރިމައްޗަށް ލޫން އެރީ، އަމިއްލައަށް މަރުވާން އަހަރެން ބޭނުންއިރު އެކަން އެގޮތަކަށްނުވި، ހޭއެރިއިރު އަހަރެންގެ ސަބަބުން އަންހެނަކާއި އޭނާގެ އުފަންނުވާ ދަރިފުޅުވަނީ މިދުނިޔެއާ ވަކިވެފައި، އަހަރެންގެ ބޭބީ އެބޯޓްވީކަން އެނގުނީ ޑަކްޓަރުން ބުނީމަ... އައި ކާންޓް ޓޯކް އަބައުޓް ޓު އެނީވަން، މާމައަށް ހުރިހާކަމެއް އެނގުނުހިނދު އެ މާމަ ވެސް އަހަންނާ ވަކިވެގެންދިޔައީ، އެއްވެސް މީހެއް ގާތުގައި އެ ދަރިފުޅުގެ ވާހަކަ ނުބުނެވުނު، އެހެންނަމަވެސް އަހަރެން ހަނދާނެއްނުނެތޭ، އަހަރެން އެ ދަރިފުޅަށް ޓަކައި ހިތާމަކުރަން، އެކަމަކު އެ ދަރިފުޅު މި ދުނިޔެއަށް އުފަންވިނަމަ އެކުއްޖާ ވަރަށް ނިކަމެތިވީސް... އަރްސަލް... އައި އޭމް ސޮރީ، މިވާހަކަތައް ކުރީން ނުބުނެވުނީ" އެހަނދާންތައް އާވުމުން ނިމްރާ ލޯ ފުހެލިއެއްކަމަކު ކަރުނައެއް ނުހިފެއްޓުނެވެ.

ހުރިހާ ބޮޅުތަކެއް ގުޅި ނިމްރާގެ ދިރިއުޅުމާއި ލޫންގެ މަރު ހިނގައިދިޔަ ގޮތް އަރްސަލްއަށް ސިފަކުރެވުނެވެ. ނަމަވެސް މިވަގުތު އޭނާގެ ހިތުގައި އުފެދިފައިވި ރިހުމުގެ އަސްލަކީ ނިމްރާއެވެ. ހަމްދަރުދީގެ އިތުރުން އޭނާއާ މެދު އަރްސަލްގެ ޢަމަލުތައް ބެހެއްޓުނު ގޮތާއި މެދު އަމިއްލަ ނަފްސަށް އަރްސަލް އަޑުލިއެވެ. ނިމްރާ ބުނީ ތެދެއްކަން އޭނާއަށް ވިސްނުނެވެ. އޭނާ ނިމްރާގެ ޚިޔާލެއް ހޯދުމެއްނެތި ހުރިހާކަމެއް ނިންމަމުން އައީ ޚުދު އަރްސަލް ބޭނުންވި ގޮތަށެވެ.

"ސްކާލެޓް..." އަރްސަލް މަޑުމަޑުން ގޮވާލިއެވެ. މަޑުމަޑުން މޭގައި އޭނާއަށް ފިރުމާލެވުނެވެ. ލޫންއާއި ދަރިފުޅު މަރުވުމުން އޭނާ ކުރި ހިތާމަ އަރްސަލް ހަނދާނެއްނުނެތެވެ. ނިމްރާގެ މަޖުބޫރު ހާލާ މެދު އޭނާއަށް އެއްފަހަރު ވެސް ވިސްނާނުލެވުނެވެ. ވީ ދެރައިން މިޢުވާނުދެކެ އިންތިހާއަށް ރުޅި އާދެވުނެވެ. ނިމްރާއަށް އެފަދަ ހާލެއް ޖެއްސި މީހަކީ އެއީއެވެ.

"ނިމް..." އަރްސަލްގެ އަޑު މަޑު ނަމަވެސް ނިމްރާއަށް އަޑުއިވުނެވެ.

"އިޓްސް އޯކޭ... މޭބީ އައި އޭމް ނޮޓް ވޯތް ސޭވިންގް، ބަޓް އައި ހޭވް އެކްސެޕްޓެޑް މައި ލައިފް، އިޓް ވޯންޓް ގެޓް އެނީ ވޯސް... އަރްސަލް، ތެންކިއު... ތެންކިއު ފޯ އެވްރިތިންގް، އަހަރެން ހާލުގައި ޖެހުނު ދުވަހު ކޮންމެ ސިފައެއްގައި ވިޔަސް އަހަންނަށް އަޅާލި މީހަކީތީ، އައި ވޯންޓް ފޮގެޓް ޔޫ، ކުޑަ ދުވަސްކޮޅަކަށް ވިޔަސް އަހަރެން އުފާކޮށްދިން މީހަކީ ތީ، ބަޓް އައި..." ނިމްރާ ބުނަން އުޅުނު އެއްޗެއް ފުރިހަމަނުވަނީސް އަރްސަލް އޭނާގެ ކޮނޑުގައި ހިފާ ކުރިއަށް ދަމާލިއެވެ.

"އަހަރެން ކުރި ހުރިހާކަމަށް މަޢާފުކޮށްދޭނަންތަ؟ މަރުވުމުގެ ޚިޔާލު ދުވަހަކުވެސް ނުކުރައްޗޭ، އަހަރެންނަށް ނޫޅެވޭނެ ނިމްއާ ނުލާ، މިހިތުގަވަނީ ލޯބި، ހަމައެކަނި ލޯބި... މުޅި އުމުރަށް ނިމްރާދެކެ ލޯބިވާނަން، ބުނެބަލަ... އަހަރެންގެ ލޯބި ޤަބޫލުކުރާނަންތަ؟" ނިމްރާގެ ދަތްދޮޅީގައި ހިފައި އަރްސަލްއާ ދިމާއަށް އުފުލާލިއެވެ. އެ ދެ ލޮލުގައި ވިދަމުންދިޔަ ކަރުނަތައް ނިމްރާއަށް ފެނުނީ ދެނެވެ. މަޑުމަޑުން ނިމްރާ ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

"އައި ލަވް ޔޫ" އަރްސަލްގެ އަޑު ހިނދިގެންދިޔައީއެވެ. އެ ތުންފަތުގެ މީރުކަމާއި ނޭވައިގަވީ ހޫނުކަން ނިމްރާއަށް އިޙްސާސްކޮށްދިނީ އަރްސަލްގެ ހިތުގައިވި ލޯތްބެވެ. އޭނާގެ ކޯތާފަތުގައިވި އަރްސަލްގެ ކަރުނައިގެ ތެތްކަން ހިތަށް ހަމަޖެހުން ގެނެސްދިނެވެ.

"އަހަންނަށް މަޢާފުކުރާނަންތަ؟" އަރްސަލްގެ މޭގައި މޫނު ފޮރުވާލައިގެން ހުރެފައި ނިމްރާ އިސްއުފުލައި ބަލާލިއެވެ.

"ކުށްކުރީ ނިމްއެއްނޫން، ކުށްކުރެވުނީ އަހަންނަށް... އަހަރެން އަބަދުވެސް މިގޮތަށް މަޢާފަށް އެދޭނަން، އެންމެ ފުރަތަމަ ދުވަހު ވެސް ނިމްގެ ކުށެއްނެތްކަން ހާމަކުރި، އަހަރެން ބޭނުންވީ ބްލޭމް ކުރާނޭ މީހެއް، އައި އޭމް ސޮރީ... ސޮރީ އިޒް ނޮޓް އިނަފް" އަރްސަލް ބުނެލިއެވެ.

"ލޯތްބަށް ޓަކައި ކުރީން މާޔޫސްވި، އެކަމަކު މިހާރު އުންމީދު އާވެއްޖެ، އަރްސަލް އަހަންނަށް މަޢާފުކުރުމުން، މި މޭގާ ދިރުންހުރި ހިތެއްވާކަމާއި އެހިތުގައި އަހަންނަށް ޓަކައި ލޯބިވާކަން އެނގުމުން... އައި ލަވް ޔޫ ޑެވިލް... ޔޫ މޭކް މީ ފޯލް ފޯ ޔޫ" އަރްސަލްގެ މޭގައި ނިމްރާ ފިރުމާލިއެވެ.

ނިމްރާ ގޮވައިގެން އައިސް ސޯފާގައި އަރްސަލް އިށީނެވެ. އޭނާއާ ވީހާ ވެސް ގާތުގައި ނިމްރާ ބައިންދަން ބޭނުންވެ އޭނާގެ އުނގުގައި ނިމްރާ ބޭންދިއެވެ. ލޯބިން ނިމްރާގެ ކޯތާފަތުގައި ފިރުމާލިއެވެ. ދެ މީހުންކުރެ އެކަކު ވެސް ބަހެއްނުބުނެ ތިއްބެވެ. ހަރަކާތްތައި ބީހުންތަކުން އެ ދެމެދުގައި އޮތް ލޯބި އެކަކު އަނެކަކަށް އިޙްސާސް ކުރެވެއެވެ.

"ސްކާލެޓް، އައި ރިއަލީ ވޯންޓް އަ ފްރެޝް ސްޓާޓް ވިތް ޔޫ، އައި ލަވް ޔޫ ސޯ މަޗް އެންޑް އައި ރިއަލީ ވޯންޓް ޔޫ ޓު ބީ މައިން، އޮންލީ މައިން" އެތައް އިރަކު ހިމޭނުން އިނދެފައި އަރްސަލް ވާހަކަދެއްކިއެވެ. ނިމްރާ ހޫންއެއް ލައްވާލުމުން އެވަރުން އަރްސަލްއަށް ނުފުދުނެވެ. އޭނާ ނިމްރާއަށް ގޯނާއެއްކޮށްލިއެވެ.

"އަރްސަލް، ކީއްތިކުރަނީ؟" ނިމްރާގެ ކަރުދޮށުގައި އަރްސަލް ވަސްގަތެވެ. އަދި މަޑުމަޑުން ބޮސްދިނެވެ.

"އައި ލަވް ޔޯ ސްމެލް ސްކާލެޓް" އަރްސަލް ސިއްރެއް ބުނެލާ ފަދައިން ބުނެލިއެވެ.

"ތިހެން ހެދީމަ ހީނލިކަރުވައޭ" އަރްސަލްގެ ކޮނޑުގައި ހިފައި ދުރަށް ޖައްސާލަމުން ނިމްރާ ބުންޏެވެ. ނިމްރާއަށް ބަލާލަމުން އަރްސަލް ހިނިތުންވެލިއެވެ. ލޯތްބާއެކު ނިމްރާގެ ކޯތާފަތުގައި ފިރުމާލިއެވެ. ދެ މީހުން ވެސް ފެންނަނީ ވަރަށް ބޮޑަށް ހަމަޖެހިފައި ތިބިހެނެވެ.

"ޔޫ ނޯ ވަޓް ސްކާލެޓް، މީގެ ކުރީން އަހަރެން ބޭނުންވި އެއްވެސް އަންހެންކުއްޖެއް އަހަރެން ދޫކޮށްލާފައި ދާކަށް ނޫޅޭ، ޔޫ އާ ފަސްޓް، އެންޑް ޔޫ އާ ދި އޮންލީ ގާލް ގެޓިން އޮން މައި ނާވް، ވެން އައި ސޯ ޔޫ ވިތް އަދާ ގައީޒް އައި ކާންޓް ހެލްޕް އިޓް، އައި ލެޓް މައި ޖެލަސީ އެރައުޒް ދި ޑެވިލް އިން މީ ބައި ސްކޯލްޑިންގް ޔޫ އޯ އިންސަލްޓިންގް ޔޫ އޯ ބީޓިން މައިސެލްފް އަޕް، ދެޓްސް ވަޓް އައި ޑިޑް ވެން އައި ސޯ ޔޫ އެންޑް ހަލަފް، ބަޓް ނައު... ނައު އައި ވޯންޓް ޓު ޝޯ ޔޫ ދެޓް އައި ހޭވް ޗޭންޖްޑް، އީވަން އިފް އިޓް ހާޓްސް މީ ޓު ދި ކޯ، އައި ވިލް ޓްރައި ޓު ބީ ކޫލް އެންޑް ޕޭޝަންޓް އޭޒް ޕޮސިބަލް، އައި ނޯ ޔޫ ޑޯންޓް ހޭވް ސްޕެޝަލް ފީލިންގްސް ފޯ ހިމް، ހީ އިޒް މައި އިޑިއަޓް ލިޓްލް ބްރަދަރ އެންޑް ޔޯ ފްރެންޑް، އެހެންވިޔަސް ފިރިހެނެއްވާނީ ފިރިހެނެއްކަށްތާ ދޯ... ހެ ހެ ހެ ހެ..." އަރްސަލްގެ ލުއި ހީނލުން ނިމްރާގެ ހިތުގެ ހިނގުން އަވަސްކުރުވިއެވެ. އަރްސަލްގެ ހީނލުމުގައިވާ ބާރަކީ ނިމްރާއަށް މީގެ ކުރީން ވެސް އިޙްސާސްކުރެވިފައިވާ ބާރެކެވެ. އޭނާއަށް އެފަދަ ބާރެއް ލިބިފައިވާންވީ ސަބަބަކާމެދު ނިމްރާގެ އަމިއްލަ ޟަމީރާ ސުވާލުކުރިއެވެ. އަރްސަލްއަށްވުރެ ބޮޑަށް ދެވަނަ މީހަކުދެކެ ލޯބިނުވެވޭނެކަން ނިމްރާގެ ހިތް ވަގުތުން އެއްބަސްވީ އެހެންވެއެވެ. އެއީ ހޯދަން ބޭނުންވެ އަބަދުމެ ހިތް އެދެމުންދިޔަ ފަދަ ލޯތްބެކެވެ. ރައްކާތެރިކަމާއި އޯގާތެރިކަމުގެ އިތުރުން ހިތްބިރުގަންނަ ފަދަ ޖެހިލުންވުން އެކުލެވިފައިވާ ނުރައްކާތެރި ލޯތްބެކެވެ. ހުރިހާ ޚިއްސުތަކެއް ގަނޑުކޮށްލާފަދަ ވަރުގަދަ ލޯތްބެކެވެ. ލުއި ހިނިތުންވުމެއް ނިމްރާގެ ތުންފަތަށް ވެރިކޮށްލިއެވެ. އަރްސަލް ފަދަ ދެވަނަ ޒުވާނެއް ނުހުންނާނޭ އޭނާގެ ހިތަށް އެރިއެވެ.

"ސޯ ޔޫ ވާ ޖެލަސް ލައިކް ޔޫ ވާ އިންލަވް ވިތް މީ، އޯލްދެޓް ޓައިމް... ކަމޯން، ޔޫ ސެޑް ޔޫ އާ ނޮޓް ސަމްވަން ހޫ ވިލް ގެޓް ޖެލަސް" ނިމްރާ ޤަބޫލުނުކުރާކަން ދައްކާލަމުން ދެފަރާތަށް ބޯހޫރުވާލިއެވެ.

"އައި ނޯ... އަހަރެން ބުނިން ތިޔަހެން... އޭރު ލޯބިވާކަން ހާމަކުރަން ބޭނުންނުވީ، ބަޓް އައި ޑޫ ލަވް ޔޫ ވެރީ މަޗް ސްކާލެޓް، އައި އޭމް ރިއަލީ ސޮރީ... ސޮރީ ފޯ އެވްރިތިންގް" އަރްސަލްގެ ލޮލުގައިވި ވިދުން އޭނާ ބުނި ބަހުގެ ތެދުވެރިކަމާއި ސާފުކަން ހާމަކޮށްދެއެވެ.

"އަހަރެން ވާހަކައެއް އަހަންތަ؟" ކުރީގެ ހަނދާންތައް އާކުރަމުން ނިމްރާ ސުވާލުކޮށްލިއެވެ. އަރްސަލް ހޫންލައްވާލުމުން ނިމްރާ ސީދާ އަރްސަލްގެ ދެލޮލަށް ބަލާލިއެވެ.

"އެރޭ... ހުޅުމާލެ ގޭގައި އުޅުންއިރު... އެރޭ ދަންވަރު އަރްސަލް ގޮވައިގެން ހުރީ ކޮންއަންހެންކުއްޖެއް" ނިމްރާ އަހާލިއެވެ.

"އެރޭގެ މަތިން ހަނދާންނެތޭނޭ ގޮތެއްނުވާނެތަ؟" މޫނަށް ވައްތަރެއް ޖައްސާލުމާއެކު އަރްސަލް ބުނެލިއެވެ.

"އަހަންނަށް ނޭނގޭ އެތައްކަމެއް ހިނގި އޭރު، ސޯފާގައި އަހަރެމެން ތިއްބާ ރާދު އެ ދުވަހު އައީ، އޭގެ ފަހުން އަރްސަލްއަށް ބަދަލުތަކެއް އައިކަން އަހަންނަށް އެނގޭ... އެރޭ އެ އަންހެންކުއްޖާ ގޮވައިގެން ހުރީ، އަރްސަލް ފަހުން ރުޅި އައިސްގެން އުޅުނީ ކީއްވެ، އަހަރެން އެއްވެސް ކަމެއް ނުކުރަން" ނިމްރާ ވިސްނަމުން ބުނެލިއެވެ.

"އެރޭ އަހަރެން ބޭރުގައި އުޅޭ އަޑުއިވިގެންތަ ސްކާލެޓް ނުކުތީ" އަރްސަލް އެއްސެވެ.

"ނޫން... ނުނިދިގެން ނުކުތީ، ނުކުތްތަނާ ތި ދެ މީހުން ފެނުނީ، އެރޭ ވެސް ކަމެއް ނުހިނގައޭތަ ބުނާނީ" ނިމްރާ ސީރިއަސްވެލިއެވެ.

"ގޯޑް ޕްރޮމިސް... އެއީ ރާދުގެ ކަންތައް" އަރްސަލް ނިކަން އަވަހަށް ބުނެލިއެވެ. (ނުނިމޭ)