ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްޝީ ނަވަލްނީ 50 ދުވަސް ވަންދެން ޖަލުގައި ބެހެއްޓުމަށް ފަހު އާދީއްތަ ދުވަހު މިނިވަންކޮށްފިއެވެ.
ނަވަލްނީ ޖަލުގައި 50 ދުވަސް ހޭދަކުރީ ދެފަހަރެއްގެ މަތިންނެވެ. އެގޮތުން އޭނާ ފުރަތަމަ ހައްޔަރުކުރީ މިދިޔަ އޮގަސްޓްމަހުއެވެ. އެފަހަރު އޭނާ ހައްޔަރުކުރީ ސަރުކާރާ ދެކޮޅަށް ޣައިރުގާނޫނީ އެއްވުންތައް ބާއްވަން ރޭވިކަމުގެ ތުހުމަތަށެވެ. އެފަހަރުގެ ބަންްދަށް 30 ހަމަ ވުމުން ރަޝިޔާ ސަރުކާރުން އޭނާ މިނިވަންކުރުމަށް ފަހު ހަމަ ވަގުތުން އޭނާ އަލުން ހައްޔަރުކުރިއެވެ. ނަވަލްނީ ދެވަނަ ފަހަރަށް ހައްޔަރުކުރީ ވަޒީފާއިންް މުސްކުޅިކުރާ އުމުރު މަތިކުރުމަށް ރަޝިޔާ ސަރުކާރުން ނިންމުުމުން އެކަމާ ދެކޮޅަށެވެ.
ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންއަށް ފަހަކަށް އައިސް އެންމެ ބޮޑަށް ފާޑުކިޔުއްވަމުން ގެންދަވާ އެއްް ބޭފުޅަކީ ނަވަލްނީއެވެ. ރަޝިޔާގައި މިއަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނަވަލްނީ ކެމްޕޭން ކުރެއްވި ނަމަވެސް ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ކުށުގައި ނަވަލްނީއަށް ކުރިން އިއްވާފައިވާ ހުކުުމަކަށް އެގައުމުގެ ކޯޓަކުން އަލުން އަމަލުކުރަން ނިންމުމުން އޭނާއަށް ވަނީ ރިޔާސީ އިންތިހާބުަގައި ވާދަ ނުކުރެއްވިފައެވެ. އެއާ އެކު ޕުޓިން ވަނީ އެ އިންތިހާބު 76 ޕަސެންޓް ވޯޓާ އެކު ކާމިޔާބުކުރައްވާފައެވެ. ޕުޓިން އެ އިންތިހާބު ކާމިޔާބޔ ކުރެއްވީ ނަވަލްނީއަށް ކުރި ހުކުމާ ހެދި ބައިނަލް އަގުވާނީ މުޖުތަމައުން ރަޝިޔާ ސަރުކާރަށް ފާޑުކިޔަމުން ދަނިކޮށެވެ.