ރިޕޯޓް

ޕިއްޒާބޯނާ: މީރު ރަހަތަކާއެކު ހުޅުމާލޭގެ ރައްޔިތުންނަށް އުފާވެރިކަން

Oct 17, 2018

ހުޅުމާލެ- މާލެ ބްރިޖުން ގުޅައިލުމާއެކު ހުޅުމާލޭގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ދަނީ އިތުރުވަމުންނެވެ. މިގޮތުން، މާލެގައި އާންމުންގެ ވަރަށް ބޮޑު މަގްބޫލުކަން ލިބިފައިވާ ޕިއްޒާބޯނާގެ އައުޓްލެޓެއް ވެސް ޑައިނިން އާއި ޑެލިވަރީގެ ހިދުމަތާއެކު މިވަނީ ވަނީ ހުޅުމާލެގައި ހުޅުވާފަ އެވެ. ނިރޮޅު މަގު (18 ނަމްބަރު ގޯޅީ) ގައި ހުޅުވާފައިވާ މިތަން ވެގެންދަނީ، ހުޅުމާލޭގެ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ. އެއީ، ޕިއްޒާބޯނާގެ އައުޓްލެޓެއް ހުޅުވުން ވެގެން ގޮސްފައި މިވަނީ ވަރަށް ގިނަ ކަސްޓަމަރުން އެކަމަކަށް އުއްމީދުކުރަމުން އައިވަގުތަކަށްވުމެވެ.

ހިތް ގައިމު ސަރަހައްދެއްގައި ހުޅުވާފައިވާ ޕިއްޒާބޯނާ ހުޅުމާލެ އައުޓްލެޓްގައި އެއް ފަހަރާ ގާތްގަނޑަކަށް 30 މީހުންގެ ޖާގަ އޮވެ އެވެ. މިތަން ތައްޔާރުކޮށްފައިވަނީ އާއިލާތަކާއި ރަހުމަތްތެރިން އެކުގައި ކާލަން މަޑުކޮށްލެވޭނެ ފަދަ ހިތް އުފާކުރުވަނިވި މާހައުލެއް އޮންނާނެ ގޮތަށެވެ. އަދި މީގެއިތުރުން، މާލެއެކޭ އެއް ފަދައިން ޑެލިވަރީގެ ހިދުމަތް މިތަނުން ފޯރުކޮށްދެ އެވެ. އަގުވެސް ހަމައެއް އަގެކެވެ.

ޕިއްޒާބޯނާ އިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ މިތަން ފަރުމާކޮށްފައިވަނީ ބޮޑެތި ގްރޫޕުތައް އެއްކޮށް ގޮސް މަޑުކޮށްލެވޭ ގޮތަށް ކަމަށެވެ.

އެއާ ކޮންޑިޝަން ބަޔަކާއި އައުޓްޑޯ ބައެއް ވެސް ހުންނާނެ. އެހެންވެ ވަރަށް ގިނަ އާއިލާތައް އެއްކޮށް އައިސް ޕިއްޒާ ކެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

މާލެއެކޭ ރަހައިގެ ތަފާތެއް ނެތް!

މާލޭގައި ލިބެންހުރި ހުރިހާ ވައްތަރެއްގެ ޕިއްޒާ އާއި ސަބްމެރިން އަދި ތަފާތު ބުއިންތައް ހުޅުމާލެގެ އައުޓްލެޓުންވެސް ލިބޭނެ އެވެ.

ޕިއްޒާގެ އިތުރުން ސަމްބެރިންގެ ގިނަ ވައްވަރުތައް ވެސް މިތަނުން ލިބެން ހުރެ އެވެ. މީގެ އިތުރުން ތަފާތު ބުއިންތައް ވެސް
ލިބެން ހުރެ އެވެ. ޕިއްޒާބޯނާ ހުޅުމާލޭގައި ހުޅުވި ވަގުތު މި ދިމާވީ ބްރިޖުން މާލެ އާއި ހުޅުމާލެ ގުޅައިލި ވަގުތަށެވެ. އެހެންވެ މާލޭގައި ތިބޭ މީހުންނަށް ވެސް ހިތްގައިމު މަޑުމައިތިރި މާހައުލެއްގައި މީރު ރަހަތައް ބަލައިލަން ރޫސްލާފައި ދެވޭނެ އެވެ.

އެ ކުންފުނީގެ އޮފިޝަލް ވިދާޅުވީ ކުރި އަށް އޮތް ދުވަސްތަކުގައި ޕޭސްޓްރީ އާއި ކޭކު ފަދަ ބާވަތްތައް އެތަނުން ލިބެން ހުންނާނެ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ތަފާތު ރަހަތައް އިތުރު ވެގެންދާނެ. ކަސްޓަމަރުންގެ ޑިމާންޑަށް ބަލައި ބޮޑު ބަދަލު ތަކެއް އަންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

މި ހުރިހާ ކަމަކާއެކު ޕިއްޒާބޯނާ ހުޅުމާލެ އައުޓްލެޓް މިވަނީ ތަފާތު ދައްކާފަ އެވެ. ހިތްގައިމު މާހައުލެއްގައި ހުޅުވި މިތަން ވެގެންދަނީ ގިނަ ރަހަތަކާއެކު ހުޅުމާލޭގެ އެއްވަނަ އަށެވެ. ހުޅުމާލެ ކަސްޓަމަރުން ޕިއްޒާ އޯޑަރު ކުރަން ގުޅާނީ 3359779 ނުވަތަ ޕިއްޒާބޯނާގެ މޮބައިލްއެޕް މެދުވެރިކޮށް އޮންލައިން އޯޑަރު ކުރެވޭނެ އެވެ.