ހަބަރު

ބްރިޖްގައި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ

Oct 18, 2018
5

ސިނަމާލެ ބްރިޖް މަތީގައި މިރޭ އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އެކި ވަރުގެ އަނިޔާ ވެއްޖެ އެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި އެ ތިން މީހުންނަށް ވެސް ފަރުވާދެމުން އަންނަ އިރު އެ ހޮސްޕިޓަލުން ބުނީ، އަނިޔާވެފައި ވަނީ 27 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ އަހެނަކަށް އަދި 31 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އެ ޕޭޝަންޓުންނާއި ހަވާލާދީ ހުޅުމާލެ ހޮސްޕިޓަލުން ބުނީ، މިރޭ 8:30 އެހާކަންހާއިރު އެ އެކްސިޑެންޓް ހިނގީ ބްރިޖް މަތިން އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ދެ ސައިކަލް ޖެހިގެން ކަމަށެވެ.

އެ މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާއިރު ޑްރެސިން ރޫމްގައި ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.