ހަބަރު

ފާމުދޭރިއާގެ އިން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަތުލައިގެންފި

ފުލުހުން މިރޭ ހިންގި އޮޕަރޭޝަނެއްގައި މ. ފާމުދޭރިއާގެ އިން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަތުލައިގެންފި އެވެ. 

ފުލުހުންނަށް އެ ގެއިން ރާފުޅިތައް ފެނުނީ ތިން ފުޅި ރަލާ އެކު މަގުމަތިން ހައްޔަރުކުރި ބިދޭސީއަކު ބަލައި ފާސްކޮށް، އެ މީހާ އުޅޭ ތަން ފާސްކުރުމުންނެވެ. އެތަން ފާސްކޮށް 70 ފުޅި ބަނގުރަލާއި 70 ދަޅު ބިއަރު ހޯދާފައިވެ އެވެ.

އެ ގެއިން ރާ ފުޅިތަކެއް ފުލުހުން ހޯދިއިރު މިދުވަސްވަރު މާލޭގައި ގިނަ އަދަދަކަށް ބަނގުރާ ދައުރުވަމުންދާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ.