ގާސިމް އިބްރާހިމް

މަޖިލީހުގެ ރައީސް ކަމަށް އަންނަން ގާސިމް ޝައުގުވެރިވެއްޖެ

Oct 24, 2018
14

ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ، ގާސިމް އިބްރާހިމް އައުމުގެ ޝައުގުވެރިކަން ގެންގުޅޭކަން އެ ޕާޓީއިން މިއަދު ހާމަކޮށްފި އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފަހު މަޖިލީހުގެ އިދާރާގެެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް ގެނައުމަކީ ޖުމްހޫރީ ޕާޓީއިން ވަރަށް ބޮޑަށް އެދޭ އަދި ވަރަށް އުފާވާނެ ކަމެއް ކަމަށެވެ. އަދި އެ ފުރުސަތު ގާސިމްއަށް ހޯދައިދިނުމަށްޓަކައި ޖޭޕީއިން މަސައްކަތް ވެސް ކުރައްވާނެ ކަމަށާއި އެ މަގާމް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީގެ ޕާލިމެންޓަ ގްރޫޕް މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ބޭނުންވޭ އެ ފުރުސަތު ގާސިމްއަށް ލިބިވަޑައިގަންނަން،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް ގެންނާނެ ބޭފުޅަކާ މެދު މަޝްވަރާ ކުރުމަށް މިއަދު ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމެއް ބާއްވާާނެ ކަމަށެވެ. އެއަށް ފަހު އެ މައުލޫމާތުތައް ހާމަ ކުރައްވާނެ ކަމަށް ރިޔާޒް ވިދާާޅުވި އެވެ.