ހަބަރު

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި

ސަރުކަރުން ހިންގާ "ހިޔާ" މަޝްރުއުގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓް މިރޭ ހައުސިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ހައުސިން މިނިސްޓްރީގެ ވެބްސައިޓްގަ އާއި ގެޒެޓްގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކުރީ ވަގުތީ ލިސްޓަށް ލިބުނު ޝަކުވާތައް ބެލުމަށްފަހު އެވެ.

ފްލެޓް ލިބޭނެކަން އިއުލާން ކޮށްފައިވަނީ 10 ކެޓަގަރީ އެއްގެ ލިސްޓެވެ. އެ ކެޓެގަރީތަކަކީ ސިވިލް ސާވިސްގެ ތިން ކެޓެގަރީއާ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީއާ ޓީޗަރުންގެ ކެޓަގަރީއާ އެކަނިވެރި މައިންނާއި ބަފައިގެން ކެޓެގަރީއާ 18 އަހަރާއި 40 އަހަރުުގެ ކެޓަގަރީއާ މާލެ ރަށްވެހިންގެ ކެޓަގަރީއާ ދަފްތަރު ކެޓަގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އިތުރުން ބައެއް ރަށްރަށުން ދޫކުރި ފްލެޓްތައް ލިބުނު މީހުންގެ ވަގުތީ ލިސްޓް ވެސް ވަނީ އާންމުކޮށްފަ އެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫއިންނާއި ގދ. ތިނަދޫއިންނާއި ގދ. ގައްދޫއިންނާއި ގއ. ވިލިނގިލި އަދި ފުވައްމުލައް ސިޓީއިން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ވަނީ ފުރުސަތު މިރޭ ހުޅުވާލާފަ އެވެ.