ހަބަރު

ބޭރު ކުންފުނިން ހޮސްޕިޓަލް ދޫކޮށްލިޔަސް ހިދުމަތަށް ބުރުލެއް ނާރާނެ: ޓްރީ ޓޮޕް

Nov 7, 2018
1

ބައިނަލްއަގުވާމީ ފެންވަރުގެ ބޭސްފަރުވާގެ ހިދުމަތް ދޭ ޓްރީޓޮޕް ހޮސްޕިޓަލް ހިންގަމުން އައި ރަސްމޭ ސައިމް ޑާބީ ހެލްތު ކެއާ އެ ހޮސްޕިޓަލު ދޫކޮށްލައިފި އެވެ.

ޓްރީޓޮޕް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރަމްސޭ ސައިމް އާއި ޓްރީޓޮޕް ދެމެދު އެއްބަސްވުމަށް ފަހު މި މަހުން ފެށިގެން އެ ކުންފުނީގެ ހިދުމަތް ވަނީ ހުއްޓާލައިފަ އެވެ. އަދި މިހާރު ޓްރީޓޮޕް ހިންގަމުން ގެންދާނީ އެ ހޮސްޕިޓަލުގެ މެނޭޖްމަންޓުން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރަމްސޭ ސައިމް އިން ޓްރީޓޮޕް ހިންގުން ހުއްޓާލި ނަމަވެސް އެ ހޮސްޕިޓަލުގެ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި ލިބިގެންދާނެ ކަމަށް ޓްރީޓޮޕުން ބުންޏެވެ. އަދި ކުރިއެކޭ އެއްގޮތަށް އާސަންދަގެ ހިދުމަތްތައް ވެސް ދެމުންގެންދާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.

ދުނިޔޭގެ އެކި ހިސާބުގައި ފުޅާ ދާއިރާއެއްގައި ހޮސްޕިޓަލު ހިންގުމުގެ މަސައްކަތް ކުރާ ރަސްމޭ ސައިމް އަކީ މެލޭޝިޔާގެ ކުންފުންޏެކެވެ. ޓްރީޓޮޕް ހިންގުން އެ ކުންފުންޏާ ހަވާލު ކުރީ 110 މިލިއަން ޑޮލަރަށެވެ. ނަމަވެސް އެ ހޮސްޕިޓަލު ދޫކޮށްލީ ކޮން ސަބަބަކާ ހެދިކަމެއް އެ ހޮސްޕިޓަލުން ހާމައެއް ނުކުރެ އެވެ.