ހަބަރު

ޖުމްހޫރީ ދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު މާލޭގައި

Nov 10, 2018

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު މާލޭގައި އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ރާއްޖޭގެ ޖުމްހޫރީ ދުވަހަކީ 11 ނޮވެމްބަރެވެ. މާދަމާ އަކީ ރާއްޖޭގެ ޖުމްހޫރިއްޔާތަށް 50 އަހަރު ފުރޭ ދުވަހެވެ.

އެމްއެންޑީއެފުން ބުނީ، ޝަރަފުގެ ހިނގާލުން އޮންނާނީ މާދަމާ ހަވީރު 4:00 ގައި ސިފައިންގެ ބަންޑާރަ ކޮށިން ބޮޑުތަކުރުފާނު މަގުން އިރަށްގޮސް ބޮޑުތަރުފާނު މަގުން ކަޅުތުއްކަލާކޮށްޓާއި ހަމައަށް ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ، ޝަރަފުގެ ހިނގާލުން ތިން ސަރަހައްދެއްގައި ހުއްޓަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކާނިވާ ކުރިމަތީ ހުންނަ ޕެޓްރޯލް ޝެޑް ކައިރިއާ ދަރުބާރުގެ ކައިރި އަދި ވިލާ ކޮލެޖް ކައިރީގަ ކަމަށެވެ.