މޭޑޭ

މޭޑޭ މުޒާހަރާއާ ގުޅިގެން ޖަލަށްލީ މީހަކު ސަލާމަތްވެއްޖެ

Nov 12, 2018
މޭޑޭ ގެ މުޒާހަރާގައި ފުލުހަކު ވައްޓާލައިގެން އަނިޔާ ކުރަނީ --
0%
0%
0%

ދެހާސް ފަނަރަވަނަ އަހަރުގެ މޭޑޭގައި އިދިކޮޅުން ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި މީހަކަށް ނުބައި ދައުވާއެއް ކޮށްފައިވާތީ އޭނާ މިނިވަން ކުރުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

މޭޑޭ މުޒާހަރާގައި ޗަންދަނީ މަގުގައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހަތް އަހަރަށް ޖަލަށްލީ ސ. ހުޅުދޫ، އޮސްޓްރޭލިއާ، އިބްރާހިމް އިބާދެވެ. އޭނާގެ މައްޗަށް ކުރީ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އިބާދުގެ ވަކީލް ނާޒިމް އަބްދުއްސައްތާރު ވިދާޅުވި ގޮތުގައި މިއަދު ހައިކޯޓުން އިބާދުގެ މައްޗަށް އިއްވާފައިވާ ހަތް އަހަރުގެ ޖަލު ހުކުމް ބާތިލްކުރީ އޭނާއަށް ކޮށްފައިވާ ދައުވާ އާއި ހުކުމް ގޯސްވެ އެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމަށް ކަމަށް ދަށު ކޯޓުގެ ހުކުމްގައިވެ އެވެ.

މިއީ މޭޑޭގެ މުޒާހަރާއާ ގުޅިގެން ޖަލަށްލީ މީހުންގެ ތެރެއިން މީހަކު އެއްކޮށް މިނިވަންވި ފުރަތަމަ ފަހަރެވެ. މޭޑޭއާ ގުޅިގެން ޖަލަށްލީ އެހެން ގިނަ މީހުން މިހާރު ދޫކޮށްލާފައި ތިބީ ޕެރޯލްގެ ދަށުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910