ހަބަރު

މާލޭގައި މަލްޓި ސްޓޯރީ ޕާކިން އިމާރާތްތަކެއް އަޅަން ބަޖެޓުގައި ހިމަނައިފި

މާލޭގައި މަލްޓި ސްޓޯރީ ޕާކިން އިމާރާތްތަކެއް އެޅުމުގެ ކުރުމުގެ މަސައްކަތް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި
ހިމަނައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ބަޖެޓަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގެވުމަށް ރާވާފައިވާ މަސައްކަތްތަކެވެ. އެގޮތުން މާލޭގައި މަަލްޓި ސްޓޯރީ ޕާކިންގެ ތިން އިމާރާތް މާލޭގައި އަޅަން ހަމަޖެހިފައިވާ ކަމަށް ބަޖެޓުގައި ބުނެފައިވެ އެވެ. އެކަމަށް މި އަހަރު 62.5 މިލިއަން ރުފިޔާ ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފަ އެވެ. އެ މަސައްކަތަށް 2020 ވަނަ އަހަރު އަދި 2021 ވަނަ އަހަރު ވެސް އެ އަދަދު ހަރަދު
ކުރަން ޖެހޭނެ ކަމަށް ވެސް ބަޖެޓުގައި ބުނެފައިވެ އެވެ.

ޕާކިން އިމާރާތްތައް އެޅުމަކީ އިބޫ ސަރުކާރުން މުޅިން އަލަށް ފަށާ މަޝްރޫއެކެވެ. އެއީ އެމަނިކުފާނުގެ ވައުދުފުޅެކެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާލޭގެ ޕާކިން މައްސަލަ ހައްލު ކުރަން މަސައްކަތް ކުރެއްވީ މެކޭނިކަލް ޕާކިން ސިސްޓަމްތައް މެދުވެރިކޮށެވެ. ނަމަވެސް އެ މަސައްކަތް އެމަނިކުފާނުގެ ދައުރުގެ ތެރޭގައި ފުރިހަމައެއް ނުވި އެވެ.

ނަމަވެސް މެކޭނިކަލް ޕާކިން ސިސްޓަމްތަކާ ގުޅޭ މަސައްކަތްތަކެއް ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ވަނީ 11 މިލިއަނެއްހާ ރުފިޔާ ހުށަހަޅައިފަ އެވެ.