އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުން ހަތަރު ރަށެއްގައި އެއާޕޯޓު ހަދަން ބަޖެޓު ކޮށްފި
އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުން މަޖިލީހަށް ފޮނުވާފައިވާ ބަޖެޓު ފޮތުގައިވާ ގޮތުން އަންނަ އަހަރު އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި ހަތަރު ރަށެއްގައި އެއާޕޯޓު އެޅުން ހިމެނެ އެވެ. މީގެ އިތުރުން ދެން ހިމެނެނީ 17 ރަށެއްގައި
ބިން ހިއްކުމެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އެއާޕޯޓް ތަރައްގީ ކުރަން ހޭދަކުރާ ރަށްރަށުގެ ތެރޭގައި މ. މުއްޔާއި ގދ. ފަރެސްމާތޮޑާ އާއި ހދ. މާފިނޮޅު މަޝްރޫއު ހިމެނެ އެވެ. މީގެ އިތުރުން ބަޖެޓުގައި މިހާރު ވެސް މަސައްކަތް ކުރިއަށްދާ ހދ. ކުޅުދުއްފުށީގައި އެޅި އެއާޕޯޓު ތަރައްގީ ކުރަންވެސް ބޮޑު ހޭދައެއް ކޮށްފައިވެ އެވެ.
ބަޖެޓުގައިވާ ގޮތުން ބަޖެޓުން ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ގިނަ މަޝްރޫއުތަކެއް މީގެ ކުރިންވެސް ވަނީ ހިންގާފަ އެވެ. ޕީއެސްއައިޕީގެ ގޮތުގައި ޖުމްލަ 544 މަޝްރޫއު ހިންގައި 315 މަޝްރޫއާއި އަލަށް ފެށުމަށް ހަމަޖައްސާފައިވެ އެވެ. މި ބަޖެޓުގައިވާ ގޮތުން ބަޖެޓުގެ މަޝްރޫއު ތަކަށް ޕީއެސްއައިޕީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ހޭދަ ކުރާނެ އެވެ.
މިހާރުގެ ސަރުކާރުން މި އަހަރަށް ހަރަދު ކުރަމުން ގެންދާ ބަޖެޓަށް 27 ބިލިއަން ރުފިޔާ ކަނޑައެޅި އެވެ. ނަމަވެސް އާ ސަރުކާރުގެ މަޝްރޫއުތައް ހިމަނައިގެން ހުށަހެޅި ބަޖެޓުގައި 29.6 ބިލިއަން ރުފިޔާ ވަނީ ހުށަހަޅާފަ އެވެ.