ގައުމީ އެއާލައިން -- މޯލްޑިވިއަން އިން ށ. ފުނަދޫއަށް އުދުހުން މެދުކަނޑާލައިފި އެވެ.
މޯލްޑިވިއަން އިން ބުނީ ފުނަދޫއަށް އުދުހުން މެދުކަނޑާލީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ހާމަކޮށްފައިނުވެ އެވެ.
ފުނަދޫއަށް ދަތުރުތައް އަލުން ފެށޭނެ ތާރީހެއްވެސް މޯލްޑިވިއަން އިން ހާމައެއް ނުކުރެ އެވެ.
ފްލައިޓް ކެންސަލްވުމުން ޓިކެޓް ރިބުކްކުރުމަށް އެ އެއާލައިންއަށް ގުޅުމަށް މޯލްޑިވިއަން އިން ވަނީ އެދިފަ އެވެ.
ފުނަދޫ އެއާޕޯޓު ހިންގަނީ ރީޖަނަލް އެއާޕޯޓްސް އިންނެވެ. ފުނަދޫއަށް ދަތުރުކުރަނީވެސް މޯލްޑިވިއަން އިން އެކަންޏެވެ.