ދަރަވަންދޫ

މޯލްޑިވިއަން ދަރަވަންދޫ އޮފީސް ހުޅުވައިފި

Jul 29, 2019

ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" ގެ އާ އޮފީހެއް ބ. ދަރަވަންދޫ އެއާޕޯޓުގައި ހުޅުވައިފި އެވެ.

މޯލްޑިވިއަން ދަރަވަންދޫ އޮފީސް ހުޅުވީ މިއަދު ހެނދުނު ދަރަވަންދޫ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވިއަންގެ ޖެނެރަލް މެނޭޖާ އައިމިނަތު ސަމީހާ އެވެ.

ދަރަވަންދޫއަށް ދުވާލަކު މޯލްޑިވިއަންގެ ހަތަރު ފްލައިޓް ދަތުރު ކުރާއިރު އެ ދަރަވަންދޫ އެއާޕޯޓުގައި ހުޅުވި މޯލްޑިވިއަންގެ އޮފީހުން ރިޒަވޭޝަން ހެދުމާއި ޓިކެޓްގެ ހިދުމަތް ލިބެން ހުންނާނެ އެވެ. ރާއްޖޭގައި މިހާރު ޑޮމެސްޓިކް 12 އެއާޕޯޓެއް ހިންގަމުން އަންނަ އިރު 11 އެއާޕޯޓަކަށް މޯލްޑިވިއަން އިން ދަތުރު ދަތުރުތައް ކުރެއެވެ. އެ ހުރިހާ އެއާޕޯޓެއްގައި މޯލްޑިވިއަންގެ ޓިކެޓިން އޮފީސް ހުރެ އެވެ.