ހަބަރު

އައިލެންޑް އޭވިއޭޝަން އެމްޑީއަކަށް މިހާދު

Jan 6, 2021
2

އައިލެންޑް އޭވިއޭޝަން ލިމިޓެޑް (އައިއޭއެސް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު މިހާދު ހަމަޖައްސައިފި އެވެ.

ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދެމުން ގެންދާ ސަރުކާރުގެ ކުންފުނި، އައިއޭއެސްގެ އެމްޑީގެ މަގާމަށް، މިހާދު ހަމަޖައްސާފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ރިޒްވީ އެ މަގާމުން ވަކި ކުރުމަށްފަހު އެވެ. އޭނާ އައިލެންޑް އޭވިއޭޝަންގެ އެމްޑީގެ މަގާމުން ވަކިކޮށް ހަމަޖައްސާފައިވަނީ އެއާޕޯޓްތައް ބަލަހައްޓާ ރީޖަނަލް އެއާޕޯޓްސްގެ އެމްޑީގެ މަގާމަށެވެ.

އައިއޭއެސްގެ އެމްޑީގެ މަގާމަށް އަލަށް ހަމަޖެއްސި މިހާދު އިންޓަނޭޝަނަލް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާޒް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ބޯޑު މެންބަރުކަން ވެސް އޭނާ ފުރުއްވަ އެވެ. މީގެ އިތުރުން އޭނާ ކުރިން ފިނޭންސް މިނިސްޓްރީގައި ވެސް ގިނަ ދުވަސްތަކެއްވަން ދެން މަސައްކަތް ކުރައްވާފައިވެ އެވެ.

މިހާދު މީގެ ކުރިން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް 2008 އިން 2012 އަށް ފުރުއްވާފައިވެ އެވެ.