ހަބަރު

ފާމުދޭރިއާގެ އިން އަތުލައިގަތް ތަކެތީގެ އަގު 000،002ރ. އަރާނެ: ފުލުހުން

މ. ފާމުދޭރިއާގެ އިން ރޭ އަތުލައިގަތް ބަނގުރަލާއި ބިޔަރު ދަޅުތަކުގެ އަގު 200،000ރ. އަށް އަރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ރޭ ފާމުދޭރިއާގެ އަށް ވަދެ ފުލުހުން ވަނީ 70 ބަނގުރާ ފުޅި އާއި 70 ބިޔަރު ދަޅު އަތުލައިގެންފަ އެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި އެގެއިން ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ އެ ތަކެތީގެ މަގުމަތީ އަގު 200،000ރ. އަރާނެ ކަމަށާއި އެ މައްސަލައާ ގުޅުންހުރި އެހެން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެފަދަ ކަންކަމުގައި ބިދޭސީން ހަރަކާތްތެރިވަނީ އެހެން ފަރާތްތަކަކާ ގުޅިގެން ކަމަށާއި އެހެންވެ ތަންތަން ކުއްޔަށް ދޭއިރު ވެސް އެތަނެއްގައި އެ ބަޔަކު ކުރާ ކަމެއް ބަލަންޖެހޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ބަނގުރާތައް ރޭ އަތުލައިގަތީ މިހާރަކަށް އައިސް މާލެ ތެރޭގައި ގިނަ އަދަދަކަށް ބަނގުރާ ދައުރުވަމުންދާ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ.