ހަބަރު

ގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފި

Nov 15, 2018
1

ޗާންދަނީ މަގުގައި ހުރި ގެއެއްގައި ރޯވި އަލިފާން ގަނޑު ސިފައިން ކޮންޓްރޯލްކޮށްފި އެވެ. އަލިފާން ރޯވީ މއ. ސެމީޑީލް ހަތަރުވަނަ ފަންގިފިލާގަ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އަލިފާން ރޯވި ފަންގިފިލާއަކީ ގުދަނެއްގެ ގޮތުގައި ބޭނުންކުރާ ތަނެކެވެ. އެ ހާދިސާގައި މީހަކަށް އަނިޔާ ނުވާ ކަމަށެވެ. ނަމަވެސް އަލިފާން ނިއްވަން އުޅުނު ތިން ސިފައިންގެ މީހަކަށް ދުމުގެ އަަސަރުކޮށްގެން ސެނެހިޔާގައި ވަނީ ފަރުވާދީފަ އެވެ.

ނަމަވެސް އެ ތަނުން އަރަމުންދާ ދުމުގެ ބޯކަމުން އަލިފާންގެ ސަބަބުން ލިބިފައިވާ ގެއްލުމެއް އަދި ސާފުނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ހަތަރުވަނަ ފަންގިފިލާގައި ހިފި އަލިފާނުގެ އަސަރު ތިންވަނަ ފަންގިފިލާއަށް ވެސް ކޮށްފައިވެ އެވެ.

ސަލާމަތީ ފިޔަވަޅެއްގެ ގޮތުން 10 ފަންގިފިލާގެ އެ އިމާރާތުން މީހުން ހުސްކޮށްފައިވެ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އެ ގުދަނުގައި ހުރީ އިލެކްޓްރޯނިކް ސާމާނެވެ. އަލިފާންގަނޑު ކޮންޓްރޯލްވެފައިވާތީ އެ ހާދިސާ ހިނގި ސަބަބު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.