ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީންގެ ދިރިއުޅުއްވުން ދޫވެއްސަށް ބަދަލުކުރައްވައިފި

Nov 16, 2018
6

ހިލާލީގައި ދިރިއުޅުއްވަމުން ގެންދެވި ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނު އަލަށް ހެއްދެވި ގެ، ހ. ދޫވެއްސަށް މިއަދު ބަދަލުވެ ވަޑައިގަތް އެ ގޭގައި ދިރިއުޅެން ފައްޓަވައިފި އެވެ.

ރާޅުގަނޑު ސަރަހައްދުން ރިންގް ރޯޑަށްވާ ގޮތަށް އޮތް ބިމެއް ރައީސް ޔާމީން ބައްލަވައިގަތް އެ ބިމުގައި ހ. ދޫވެހި އިމާރާތް ކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. ރައީސް ޔާމީން މިއަދު އެގެއަށް ދިރިއުޅުން ބައްދަލު ކުރެއްވިއިރު އެ ގޭގެ މަސައްކަތް އެއްކޮށް ނުނިމެ އެވެ. ނަމަވެސް ވަރަށް ބާރަށް މަސައްކަތްކޮށްގެން، އެ ގޭގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާ ވަނީ ނިންމައިފަ އެވެ. އެގެ 17 ބުރިއަށް ކަމަށްވެ އެވެ. އެހެން ނަމަވެސް މިހާތަނަށް ޝީޓް އަޅައި މަސައްކަތް ކުރަމުން ދަނީ ހަތް ބުރީގަ އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ހުވާކުރެއްވުމުގެ ހަފްލާ ބާއްވަނީ މާދަމާ ހަވީރުގެ ވަގުތުގައި ރަސްމީ ބޯޅަދަނޑުގަ އެވެ. އަދި ހުވާކުރެއްވުމަށް ފަހު އިބޫ ދިރިއުޅުއްވާނީ، މުލިއާގޭގަ އެވެ. ނައިބު ރައީސް ފައިސަލް ނަސީމް ދިރިއުޅުއްވާނީ، ރައީސް ޔާމީން މިއަދާ ހަމަޔަށް ދިރިއުޅުއްވި، ހިލާލީގޭގަ އެވެ.

އަލަށް ހެއްދެވި ދޫވެހި ގެއަށް ރައީސް ޔާމީން އާއި އާއިލާ ބަދަލުވުމާ އެކު، ސިފައިން އަންނަނީ އެގޭ ބޭރުގައި މިހާރު ފޯރިމަރަމުންނެވެ. އެމަނިކުފާނު އެގެއަށް ބަދަލުވެ ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށްވެ އެވެ.