ވިޔަފާރި

ދިރާގާއި ސްޕާކްހަބް ގުޅިގެން ސްޓާޓަޕް ގްރައިންޑް އިވެންޓެއް

Nov 17, 2018

ދިރާގުން ޒުވާން ވިޔަފާރިވެރިންނަށް ޓާގެޓް ކޮށްގެން، ސްޕާކްހަބް ގުޅިގެން ފުރަތަމަ "ސްޓާޓަޕް ގްރައިންޑް އިވެންޓް" ބާއްވައިފި އެވެ.

ސްޓާޓަޕް ގްރައިންޑްއަކީ ތައުލީމީ ފަރާތްތަކާއި އާ އީޖާދުތަކަށް އުފައްދާފައިވަނީ އިންވެސްޓަރުން ހިމެނޭ ގޮތަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސްޓާޓަޕް ކޮމިއުނިޓީ އެވެ.

ދިރާގުގެ މައި އޮފީހުގައި ކުރިއަށް ގެންދިޔަ މި އިވެންޓުގައި ތަޖުރިބާ ހިއްސާކޮށްދެއްވީ ހޮލޮގޯ ވާލްޑް ކުންފުނީގެ ފައުންޑަރު އަދި ސީއީއޯ އީދާމް ރަޝީދު އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ދިރާގުން ދަނީ "ސްޓާޓަޕް ވީކެންޑް"ތައް ބާއްވަމުންނެވެ. މީގެ އިތުރުން ވެސް އެ ކުންފުނިން ދަނީ ޒުވާނުން ކުރިއަރުވަން ގިނަ އެހީތަކެއް ދެމުންނެވެ. އަދި ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ހެކަތޯން "އެންޖަލްހެކް" 50 އަށް ވުރެ ގިނަ ބައިވެރިންނާ ވަނީ ބާއްވާފަ އެވެ.