ދުނިޔެ

ލަންކާގައި ފެން ބޮޑުވެ 12 މީހަކު މަރުވެއްޖެ

Dec 28, 2014

ސްރީ ލަންކާ އަށް ކުރަމުންދާ ވިއްސާރާގައި 21 މީހަކު މަރުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެ އެވެ. 

ލަންކާ އަށް ވިއްސާރަކުރާތާ ހަފުތާއެއް ވެފައި ވާއިރު އޮފިޝަލުން ވިދާޅުވީ އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް، ރައްކާތެރި ހިސާބުތަކަށް ދާން ޖެހިފައިވާ ކަމަށެވެ. އޮފިޝަލުން ވިދާޅުވީ ވިއްސާރައިގެ ސަބަބުން ކުރިމަތިވި އެކި ހާދިސާތަކުގައި ނުވަ މީހަކު ގެއްލިފައިވާ ވެސް ކަމަށެވެ. މިހާތަނަށް 800000 މީހަކު ވަނީ ހާލުގައި ޖެހިފައި ކަމަށް އޮފިޝަލުން ހުކުރު ދުވަހު ވިދާޅުވި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ އޮފިޝަލުން ވިދާޅުވީ ފެން ބޮޑުވުމުގެ ހާދިސާތައް ގައުމުގެ އުތުރާއި އިރުމަތި އަދި މެދުތެރޭ ސަރަހައްދުތަކަށް ކުރިމަތިވެފައިވާ ކަމަށެވެ. މި ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގަމުންދާ ކަމަށްވެ އެވެ.