ބޮލީވުޑް

ނެހާ ދޫޕިއާއަށް އަންހެން ކުއްޖަކު ލިބިއްޖެ

އަންގަދު ބެޑީއާއި ނެހާ ދޫޕިއާއަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

މި ދެ ތަރިން ކައިވެނި ކުރީ މި އަހަރު ކުރީކޮޅު އެވެ. ނިއު ދިއްލީގައި ސިއްރު ސިއްރުން ކައިވެނި ކުރީ ކައިވެނީގެ ކުރިން ނެހާ ބަލިވެއިނުން ކަމަށް އެކި ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އަދި، އެެ ތުހުމަތުތަކަށްފަހު އެއީ ތެދެއް ކަމަށް އެ ދެ ތަރިން ވެސް ވަނީ އެއްބަސްވެފަ އެވެ.

ނެހާ ދޫޕިއާގެ ރައްޓެއްސެއް އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއް

ބޮލީވުޑްގެ މަަޝްހޫރު ބްލޮކްބަސްޓާ ފިލްމުތަކުގެ ސައިޑް ރޯލުން މި ދެ ތަރިންގެ ހުނަރު ވެސް ވަނީ ދައްކާލާފަ އެވެ. ނެހާ ދޫޕިއާވަނީ 'ދޭ ދަނާ ދަން، ސިން އިޒް ކިން' ފަދަ މަޝްހޫރު ފިލްމުތައް ކުޅެފަ އެވެ. ފިލްމު ކުޅުމުގެ އިތުރުން، ނެހާ ވަނީ 'ފެމިނާ މިސް އިންޑިއާ' އިންޑިއާގެ ރީތީގެ ރާނީގެ މަގާމު 2002 ވަނަ އަހަރު ހޯދާފަ އެވެ.