ހަބަރު

ރާއްޖެ ކޮމަންވެލްތްގައި އަލުން ބައިވެރިވާން ކެބިނެޓުން ނިންމައިފި

Nov 19, 2018
3

ދިވެހިރާއްޖެ ކޮމަންވެލްތްގައި ބައިވެރިވާން ކެބިނެޓުން ދާދި ދެންމެއަކު ނިންމައިފި އެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސް ސޯލިހު ހުވާކުރެއްވުމަށް ފަހު އާންމުކުރި 100 ދުވަހުގެ ޕްލޭންގައިވާ ގޮތުގައި، ކޮމަންވެލްތްގައި އަލުން ބައިވެރިވުމަށް ސަރުކާރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ހުށަހަޅާނެ އެވެ. ކޮމަންވެލްތްގައި އަލުން ބައިވެރިވުމާއި ގުޅުން ކަނޑާލާފައިވާ ގަތަރު އަދި އީރާންއާ އެކު އަލުން ގުޅުން ސިޔާސީ ގުޅުން ގާއިމް ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އޮކްޓޯބަރު، 16، 2013 ގައި ރާއްޖެ ކޮމަންވެލްތުން ވަކިވީ، ސަރުކާރުގެ އަމަލުތަކާ ގުޅިގެން ރާއްޖެ އެ ޖަމާއަތުން ސަސްޕެންޑް ކުރަން މަސައްކަތް ފެށުމާ ގުޅިގެން އެވެ.

ހުވާ ކުރެއްވުމަށް ފަހު ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވަމުން ވިދާޅުވީ، އެމަނިކުފާނުގެ ހާރިޖީ ސިޔާސަތުގައި އެންމެ މުހިންމު ކަމަކަށް ވާނީ، ރާއްޖޭގެ އެންމެ މަތީ މަސްލަހަތު އިސްކުރުން ކަމަށެވެ. އަދި އެމަނިކުފާނުގެ ހާރިޖީ ސިޔާސަތު ބިނާކުރާނީ، އިންސާނީ ހައްގުތަކާއި، ޑިމޮކްރަސީ އަދި ކްލައިމެޓް ޗޭންޖްގެ މައްޗަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެއާ އެކު ގުޅުން ބަދަހި ކުރަން ބޭނުންވާ ގައުމުތަކާ އެކު ގުޅުން ބަދަހި ކުރައްވާނެ ކަމުގގެ ޔަގީންކަން ވެސް ރައީސް ސޯލިހު ދެއްވި އެވެ.