ދުނިޔެ

ހުރިހާ ނުބައެއްގެ އަސްލަކީ އޮބާމާ: އުތުރު ކޮރެއާ

ޕިޔޮންގްޔަންގް (28 ޑިސެމްބަރު) – އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަށް ފުރައްސާރަކޮށްފައިވާ ކޮމެޑީ ފިލްމު "ދަ އިންޓަވިއު" ނެރުމަށް ބާރު އެޅީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ކަމަށާއި އެންމެ ނުބައި ފަރާތަކީ އޮބާމާ ކަމަށް އުތުރު ކޮރެއާ އިން ކަނޑައަޅައިފި އެވެ.

ސޮނީ ޕިކްޗާސް އިން "ދަ އިންޓަވިއު" އޮންލައިންކޮށް އަދި ސިނަމާތަކަށް ވެސް ނެރެފައިވާއިރު އޮބާމާ ވަނީ ފިލްމު ނެރުމަށް ސީދާ ހިތްވަރު ދެއްވައިފަ އެވެ. ހެކަރުންގެ އިންޒާރުތަކާ ގުޅިގެން ފިލްމު ނުނެރުމަށް ސޮނީން ނިންމި ނިންމުން އެންމެފަހުން ބަދަލުކުރި އެންމެ ބޮޑު ސަބަބަކީ ވެސް އޮބާމާގެ ފާޑުކިޔުންތަކެވެ.

ހެކްކުރި މައްސަލާގައި އެފްބީއައި އިން ކުށްވެރިކޮށްފައި ވަނީ އުތުރު ކޮރެއާ އެވެ. ނަމަވެސް އެ ތުހުމަތަށް އެ ގައުމުން ދެކޮޅުހަދަ އެވެ.