ހަބަރު

މައުމޫން، ރައީސް ސޯލިހާ ބައްދަލު ކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހުއާ މައުމޫން ބައްދަލު ކުރެއްވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަަމަށެވެ. ނަމަވެސް ބައްދަލުވުމާ ގުޅޭ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ރައީސް ސޯލިހުއާ މައުމޫން ވަނީ ބައްދަލުކޮށް މަޝްރާތައް ކުރައްވައިފަ އެވެ. ނަމަވެސް ރައީސް ކަމާ ހަވާލުވެވަޑައިގަތް ފަހުން މިއީ ކުރެއްވި ފުރަތަމަ ބައްދަލުވުމެވެ.