ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މައުމުން، ރައީސާ ބައްދަލު ކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހާ ބައްދަލު ކުރައްވައި މިވަގުތު ގައުމުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް މަޝްވަރާ ކުރެއްވި ކަންކަމާ ބެހޭ ތަފްސީލެއް އެމަނިކުފާނު ނުދެއްވަ އެވެ.

ރައީސް މައުމޫން ކުރެއްވި ޓުވީޓް

ރައީސް ސޯލިހާ ބައްދަލު ކުރެއްވި އިރު ދާދި ފަހުން ރައީސް މައުމޫން ވަނީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަން ގޮވާލައްވައިފަ އެވެ. ކައުންސިލް އިންތިހާބު ފަސް ކުރުމާ ގުޅޭ ގޮތުން ސަރުކާރުން އަދި ވަކި ގޮތަކަށް ނުނިންމަ އެވެ.

އެހެން ނަަމަވެސް ސަރުކާރު ތަމްސީލު ކުރާ ޕާޓީ، އެމްޑީޕީގެ މަޖިލިސް މެންބަރުން އިންތިހާބު ފަސް ކުރުމަށް ދެކޮޅު ހައްދަވަ އެވެ. އަދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވެސް ވަނީ އިންތިހާބު ފަސް ކުރަން ޖެހޭ ހާލަތެއް އަދި ނެތް ކަމަށް ބުނެފަ އެވެ.