ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އޮފީސް

"މާބަނޑު މީހުނަށް ފައިޒާ ވެކްސިން ދޭން ނުނިންމާ"

ކޮވިޑް-19 އިން ރައްކާތެރިވާން މާބަނޑު މީހުނަށް ފައިޒާ-ބަޔޮންޓެކް ވެކްސިން ދޭން ތައްޔާރުވަމުން އަންނަ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވި ނަަމަވެސް އެފަދަ ނިންމުމެއް ނިންމާފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެެ އޮފީހުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ ޑައިޓީޝަން ޑރ. އާސިޔާ އަބްދުއްރަހީމް ޓްވީޓާގައި ފާޅު ކުރެއްވި ޝުއޫރަކަށް ޖަވާބު ދެއްވަމުން ޑރ. ފައިސަލް ވަނީ މާބަނޑު މީހުނަށް ފައިޒާ ވެކްސިން ދޭން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފައެވެ. އާސިޔާ ވިދާޅުވެފައި ވަނީ ކޮވިޑް-19 އާއި ހަނގުރާމަ ކުރަން އޭނާ ފަސް ނުޖެހޭނެ ކަމަށެވެ. ނަމަވެސް ކުދިންނާ ދޭތެރޭ ވިސްނޭ ކަމަށެވެ. އޭނާ އިނީ ބަލިވެކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ފައިސަލްގެ ވާހަކަތަކާއި ގުޅިގެން އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލްވުންތައް މިވަގުތު ޗެއާ ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ މާބަނޑު މީހުންނަށް ފަައިޒާ ވެކްސިން ދިނުމާއި ގުޅޭގޮތުން އެއްވެސް ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ.

"މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދިނުމާއި ގުޅޭގޮތުން ޑިޒިޝަނެއް ނަގާފައެއް ނުވޭ،" މަބުރޫކް ވިދާޅުވިއެވެ.

ފައިޒާ ވެކްސިނަކީ 16 އަހަރުން މަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށްވާތީ 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ބަލި ހާލަތުގައިވާ ކުދިންނަށް ވެސް ފައިޒާ ވެކްސިން ދިނުމަށް ނިންމާ މިިދިޔަ މަހުގެ 11 ވަނަ ދުވަހު އެ ވެކްސިން ދޭން ވަނީ ފަށާފައެވެ.

ކޮވެކްސް ފެސިލިޓީއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ފައިޒާ ވެކްސިންގެ 5,850 ޑޯޒުގެ ތެރެއިން އަދިވެސް 4،000 ވުރެ ގިނަ ޑޯޒް ބާކީ އެބަހުއްޓެވެ.