ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މުހައްމަދު މަބްރޫކް އަޒީޒް

ބޯޑަރު ބަންދު ކުރުމުގެ މަޝްވަރާއެއް ނުހިނގާ: ތަރުޖަމާން

ރާއްޖޭގެ ބޯޑަރު އަލުން ބަންދު ކުރަން މަޝްވަރާ ކުރަން ފަށާފައިވާ ކަމަށް ފެތުރިފައިވާ ވާހަކަތައް ސަރުކާރުން ދޮގު ކޮށްފި އެވެ.

ކޮވިޑް-19 ފެތުރުން އިތުރުވެ ބަލި ޖެހޭ މީހުނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ ރާއްޖޭގައި އިތުރުވަމުންނެވެ. އެކަމާއި ގުޅިގެން މިދިޔަ ބުދަ ދުވަހުން ފެށިގެން ހަރުކަަށި ފިޔަވަޅުތަކެއް ރާއްޖެއިން އަޅާޢީ ދަނީ ތަންފީޒު ކުރަމުންނެވެ. އޭގެ ފަހުން އިތުުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާ ބޯޑަރު ބަންދު ކުރުމުގެ މަަޝްވަރާތަކެއް ވެސް ހިނގަމުންދާ ކަމަށް ބުނެ ވެސް ވާހަކަތައް ދަނީ ފެތުރެމުންނެވެ.

އެކަމާއި ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު މިއަދު ވިދާޅުވީ ބޯޑަރު ބަންދު ކުރުމުގެ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ. އަދި ބޯޑަރު ބަންދު ކުރާތީ އެކަން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް އަންގާފައިވާ ކަަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދުކުރި އެވެ. ކޮވިޑް-19 އިގެ ބަލި ފެތުރުން ކޮންޓްރޯލް ކުރަން އެ ފަހަރު ބޯޑަރު ބަންދު ކޮށްފައި ވަނީ މާޗް 27 ވަނަ ދުވަހު އެވެ. ގާތްގަނޑަކަށް ހަތަރު މަހަށް ފަހު ބޯޑަރު ހުޅުވީ ޖުލައި 15، 2020 ގައެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ހެނދުނު އަށަކަށް 16 ގަޑިއިރު ދަނީ ކާފިއު ހިންގަމުންނެވެ. އަދި އެ ނޫން ވަގުތުތަކުގައި ވެސް ބޭރުގައި އުޅުން ވަނީ މަނާ ކޮށްފަ އެވެ. އެ ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ނުކުމެވެނީ ފުލުހުން ދޫކުރާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެ ހުއްދަ ދެނީ ކޮންމެ ގޭބީސީއަކަށް ދެ މީހަކަށެވެ. އެ ނޫން ބަޔަކަށް ބޭރަށް ނިކުމެ ނޫޅެވެއެވެ.