ހަބަރު

މެންބަރު މުސްތޮފާ އެމްޑީޕީއާ ގުޅިވަޑައިގެންފި

Nov 25, 2018
4

ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ. މުސްތޮފާ އެމްޑީޕީއާ ގުޅިވަޑައިގެން އިރު އޭނާ މަޖިލީހަށް އިންތިހާބުވީ ވެސް އެމްޑީޕީގެ ޓިކެޓެއްގަ އެވެ.

ނަމަވެސް، އެމްޑީޕީއާ މައްސަލަ ޖެހި މުސްތޮފާ ފަހުން ޕީޕީއެމްއަށް ސޮއިކުރެއްވި އެވެ. އޭނާ އަކީ އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ބުނި 12 މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އެހެން ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިފަ އެވެ.

މީގެ ކުރިން ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ، މުހައްމާ ވެސް ވަނީ އެމްޑީޕީއަށް ސޮއި ކުރައްވައިފަ އެވެ.