ވިޔަފާރި

ނައިޓް މާކެޓު ބާއްވަން އަންނަ މަހު މޭޒު ދޫކުރަނީ

Nov 26, 2018
2
މާލެ 26، ނޮވެމްބަރު 2018:ލިކަމެކް އާއި އަސަރީ ސާވިސަސްއިން ނައިޓް މާކެޓުގެ މައުލޫމާތު ދެނީ- ފޮޓޯ: މުހައްމަދު އަފްރާހު| އަވަސް
0%
0%
0%

އަންނަ އަހަރު ނައިޓް މާކެޓު ބޭއްވުމުގެ ގޮތުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން މޭޒު ދޫކުރަން ތައްޔާރު ވެއްޖެ އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ކުރިން ބާއްވަމުން ދިޔަ ނައިޓް މާކެޓު މި އަހަރުން ފެށިގެން އިންތިޒާމު ކުރާނީ ލިކަމެކް ކުންފުނިންނެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ލަބީބް ވިދާޅުވީ އަންނަ އަހަރުގެ އެޕްރީލް 18-27 އަށް ދަރުބާރުގޭގައި ކުރިއަށްދާ ނައިޓް މާކެޓުގައި 260 މޭޒު ބަހައްޓަން ނިންމާފައިވާ ކަމަށެވެ.

"ދަރުބާރުގެ އާއި ދަރުބާރުގެ ކައިރީގައި މި އަހަރު ނައިޓް މާކެޓު ބާއްވާނީ. މިފަހަރު ދަރުބާރުގޭގައި ނައިޓް މާކެޓު ބޭއްވުމުން ތަފާތު ޝޮޕިން އެކްސްޕީރިއަންސެއް އޮންނާނެ،" ލަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 10 ރެއަށް ކުރިއަށްދާ މި އަހަރުގެ ނައިޓް މާކެޓު އިންތިޒާމު ކުރާނީ އަސަރީ ސާވިސަސްއިން ކަމަށެވެ. މި އަހަރު ނައިޓް މާކެޓުގެ ސްޓޯލްތައް ވިއްކާނީ 6،000ރ. އަށް ކަމަށް ވިދާޅުވި އެވެ.

"މިވަގުތު 260 މޭޒު ބެހެއްޓި ނަމަވެސް އިތުރު 100 މޭޒު ބަހައްޓަން މިދަނީ މަސައްކަތް ކުރަމުން،" ލަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނައިޓް މާކެޓު އެ ކުންފުނިން އިންތިޒާމު ކުރަނީ އިކޮނޮމިކް މިނިސްޓްރީން "ނައިޓް މާކެޓު" ނަން ނަގައިގެން ކަމަށެވެ.

"އަޅުގަނޑުމެން ކުރިއަށް ދާނީ އެންޑޯސްމަންޓްތައް ހޯދަން ޖެހޭ ފަރާތްތަކުގެ އެންޑޯސްމަންޓް ވެސް ހޯދައިގެން،" ލަބީބް ވިދާޅުވި އެވެ.

ލިކަމެކް ކުންފުނިން ނައިޓް މާކެޓު މޭޒު ދޫކުރަން ހަމަޖައްސާފައިވަނީ ޑިސެމްބަރު 4، ގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށް ޝީ ބިލްޑިންގް ތިންވަނަ ފަންގިފިލާގަ އެވެ. މޭޒު ނަގަން އަންނައިރު އައިޑީކާޑު ގެންނަން އެ ކުންފުނިން އެދެ އެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 9409999 އަށް ގުޅުމަށް އެ ކުންފުނިން އެދެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910