ހަބަރު

މަރުގެ ހުކުމާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން ކުރި ޓްވީޓް ޑިލީޓުކޮށްފި

މަރުގެ ހުކުމް ތަންފީޒު ކުރުމާ ދެކޮޅު ހަދާ، ފޮރިން މިނިސްޓްރީން ކުރި ޓްވީޓު އެ މިނިސްޓްރީ އިން މިއަދު
ޑިލީޓުކޮށްލައިފި އެވެ.

ފޮރިން މިނިސްޓްރީ އިން މިއަދު ކުރި ޓްވީޓުގައި ބުނެފައި ވަނީ 65 އަހަރު ވަންދެން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކޮށް އޮތް އުތުން މި ސަރުކާރުން ދަމަހައްޓާނެ ކަމަށެވެ. އަދި އދ. ޖެނެރަލް އެސެމްބްލީގައި މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ހުށަހަޅާފައިވާ ގަރާރަށް ރާއްޖޭން ތާއީދު ކުރާނެ ކަމަށެވެ.

ނަމަވެސް އެ މިނިސްޓްރީ އިން މިހާރު ވަނީ އެ ޓްވީޓު ޑިލީޓުކޮށްލައިފަ އެވެ. ޓްވީޓު ޑިލީޓުކޮށްލާފައިވާ އިރު ސަރުކާރުން އެގޮތަށް ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ދީނީ އިލްމުވެރިންގެ ފާޑު ކިޔުން ވެސް އޮތީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.