ހަބަރު

ޕެޑުން ޖީއެސްޓީ ކަނޑާލާ ބިލު މަޖިލީހުގެ އިއްތިފާގުން ބަލައިގެންފި

ޕެޑުން ނަގަމުން އަންނަ ޖީއެސްޓީ ކަނޑާލުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަތުމަށް މަޖިލީހުގެ އިއްތިފާގުން ބަލައިގެންފި އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ބާރީ އަބްދުﷲ ހުށަހެޅުއްވި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އެހެންކަމުން އެ މައްސަލަ މުޅި މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވުމަށް ރިޔާސަތުން ނިންމެވި އެވެ.

އެކަމާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސް ކުރެއްވި ހުރިހާ މެންބަރުން ވެސް ވަނީ ޕެޑުން ޖީއެސްޓީ ކަނޑާލަން ތާއީދު ކުރައްވާ ވާހަކަދައްކަވައިފަ އެވެ. ޖީއެސްޓީ ކަނޑާލުމުގެ އިތުރުން ފިހާރަތަކުން އެތަކެތި ވިއްކާ އަގު ކޮންޓްރޯލު ކުރެވޭނެ ގޮތެއް ވެސް ކަނޑައަޅަން ޖެހޭ ކަމަށް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

ސުން ރޭޓުގައި ޖީއެސްޓީ ނަގާ މުދާ:

  • ކާޑުގެ ބާވަތްތައް
  • ކިރު
  • ކުކިން އޮއިލް
  • ބިސް
  • ރާއްޖޭގައި ބަންދުކޮށްފައި ހުރި މަހާއި ރިހާކުރާއި އަލުވި
  • ހަވާދު އުފެއްދުމަށް ބޭނުން ކުރާ ތަކެތިތައް
  • ދިޔަ ހަކުރާއި، ކާށި، ކުރުންބާ ރުކުރާ އަދި ކުރޮޅި
  • ކެރެޓު، ކެބެޖު، ތޮޅި އަދި ޓޮމާޓޯ
  • މޭވާގެ އެންމެހާ ބާވަތްތައް
  • ޕާން ބަނަސް ފާރޮށި
  • ކުޑަ ކުދިންގެ ނެޕީ
  • ތުއްތު ކުދިންގެ ކާނާ
  • ކައްކާ ގޭސް
  • ޑީސެލް
  • ޕެޓްރޯލް
  • ބޮޑެތި މީހުންގެ ނެޕީ