ހަބަރު

ޗީފް ކޮމިނިކޭޝަންސް ސްޓްރަޓެޖިސްޓް އަކަށް ހޫދު އައްޔަންކޮށްފި

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރަޓެޖިސްޓް އަކަށް އިބްރާޙިމް ހޫދު ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވަނީ އެ މަގާމުގެ ލިއުން ހޫދު އާ ހަވާލު ކުރައްވާފަ އެވެ. ހޫދު އެމަގާމަށް ހަމަޖައްސާފައިވަނީ ސްޓޭޓް މިނިސްޓަރެއްގެ ލެވަލްގަ އެވެ. ހޫދު އެ މަގާމަށް ވަޑައިގެން އިރު އޭޏާ ވަޒީފާ އަދާކުރައްވަމުން ގެންދެވީ، ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓްގަ އެވެ.

ބީއެމްއެލްގެ ކުރިން އޭނާ ވަނީ، ދިރާގާއި އެހެން ވެސް ބައެއް ކުންފުނިތަކުގެ މާކެޓިން އެންޑް ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވައިފަ އެވެ.