ހަބަރު

ބިޑް ނުކޮށް ޓޫރިޒަމަށް ރަށްތައް ދޫކުރުން މަޑުޖައްސާލައިފި

Nov 28, 2018
5
ރިސޯޓެއްގެ މޫދުގައި ގޮނޑި ޖަހާފައި.
0%
0%
0%

ޓޫރިޒަމްގެ ބޭނުމަށް ބިޑް ކުރުމެއް ނެތި ފަޅުތަކައި ރަށްތައް ދޫކުރުން މަޑުޖައްސާލަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޓޫރިޒަމާބެހޭ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ "ހ" ގެ "1" އަދި "2" ގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ތަންތަން ދޫކުރުން ހުއްޓާލާފައިވާ ކަމަށެވެ.

"ގާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ގާނޫނު (10 ޖުލައި 2016) ގެ 5 ވަނަ މާއްދާގެ (ހ) ގެ (1) އަދި (2) ގެ ދަށުން ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް، ނުވަތަ ބިން، ނުވަތަ ފަޅު ކުއްޔަށް ދިނުން މިވަގުތައް މަޑުޖައްސާލާފައިވާކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ،" އިއުލާނުގައިވެ އެވެ.

އެ އިސްލާހުގެ ދަށުން ކުރީގެ ސަރުކާރުން ގެންދިޔައީ، ބިޑް ކުރުމެއް ނެތި ރަށްތަކާއި ފަޅުތައް އެކި ފަރާތްތަކަށް ކުއްޔަށް ދެމުން އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910