ހަބަރު

ރާއްޖޭގެ އިގްތިސާދު ކުރި އެރުވުމުގައި ޖަޕާނުގެ އެހީތެރިކަން ބޮޑު: ނައިބް ރައީސް

ޖަޕާނަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި ގިނަ އެހީތަކެއްވާ ގައުމެއް ކަމަށް ނައިބް ރައީސް ފައިސަލް ނަސީ،މް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް ފައިސަލް އެގޮަތަށް ވިދާޅުވީ، ޖަޕާނުގެ ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޮޓެލް ޖެންގައި މިރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އެރަސްމިއްޔާތުގައި ފައިސަލް ވަނީ ޖަޕާނުގެ އެމްޕެރަރއަށާއި، ޝާހީ އާއިލާއަށާ އަދި ޖަޕާނުގެ އެންމެހާ ރައްޔިތުންނަށް ޖަޕާނުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެފައެވެ.

ނައިބް ރައީސް ފައިސަލްގެ ވާހަކަފުޅުގައި ރާއްޖެއާއި ޖަޕާނާއި ދެމެދުގައި ޒަމާނުއްސުރެ އޮންނަ ރަހްމަތްތެރި ގާތް ގުޅުމާއި، އިތުބާރާއި އެއްގައުމު އަނެއް ގައުމު ދަންނަ މިންވަރު ހާމަކުރައްވާ، ރާއްޖެއަށް ޖަޕާނު ސަރުކާރުން ކޮށްދެއްވާފައި ހުރި ބައެއް ކަންތައްތައް ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން ކުރިމަގުގައި ރާއްޖެއާއި ޖަޕާނު ގުޅިގެން އިތުރު ކަންކަން ކުރިއަށްގެންދިއުމާއިއެކު ދެ ގައުމުގެ ދެމެދުގައި
އޮންނަ ގުޅުން އިތުރަށް ވަރުގަދަވުމަށް އުއްމީދުކުރައްވާ ކަމަށްވެސް ނައިބް ރައީސް ފައިސަލް ވަނީ ވިދާޅުވެފައެވެ.