ދިރާގު

ދިރާގުގެ ކުރީގެ ސީއީއޯ އެ ކުންފުނީގެ ޗެއާމަނަކަށް ހަމަޖައްސައިފި

Nov 29, 2018
1

ދިރާގުގައި އެތައް ދުވަހަކު މަސައްކަތް ކުރައްވައި އިސް މަގާމުތައް ވެސް ފުރުއްވި، އިސްމާއިލް ވަހީދު ދިރާގުގެ ބޯޑްގެ ޗެއާމަނަކަށް މިއަދު އައްޔަންކޮށްފި އެވެ.

ދިރާގުގެ ޗެއާމަންކަމުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި، މުހައްމަދު އަޝްމަލީ، އާ ސަރުކާރުން ވަކިކުރުމުން އެވެ.

ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ، ޕްރައިވެޓައިޒޭޝަން ބޯޑްގެ ރައީސް، މުހައްމަދު ނިޒާރު މިއަދު ވިދާޅުވީ، ހ. ފަހިވައި އިސްމާއިލް ވަހީދު ދިރާގުގެ ޗެއާމަނަކަށް މިއަދު ހަމަޖައްސާފައިވާ ކަމަށެވެ.

އިސްމާއިލް ވަހީދަކީ ދިރާގުގެ ކުރީގެ ސީއީއޯކަމާއި އެމްޑީކަން 11 އަހަރު ވަންދެން ކުރައްވާފައިވާ ބޭފުޅަކެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ، 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭނާ ދިރާގުގެ ހިދުމަތަށް ވެންނެވީ ޓެކްނީޝަނެއްގެ ވަޒީފާއަށެވެ. އެއަށް ފަހު އެކި މަގާމުތައް ފުރުއްވައި ދިރާގުގެ އެންމެ މަތީ މަގާމަށް ވަޑައިގެންނެވި އެވެ.