ދެކުނު އެފްރިކާގެ ވެރިރަށް ޖޮހޮނަސްބާގުން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޗާޓަރު ފްލައިޓްތަކެއް މިއަދު ފަށައިފި އެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ބޮޑު މަރާމާތަކަށްފަހު އަލުން ހުޅުވި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެކުނު އެފްރިކާ އިން އައި ސައުތު އެފްރިކަން އެއާވޭސްގެ ދަތުރުވެރިންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ޖޮހަނަސްބާގުން އައްޑުއަށް އައި އޭ340 މަރުކާގެ މަތިންދާ ބޯޓުން އެއް ފަހަރާ 300 ޓޫރިސްޓުން ގަމަށް ދަތުރުކުރި އެވެ. މި ދަތުރުތައް ފެށުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް އާއި ގަން އެއާޕޯޓުގެ ހިއްސާވާ ކާސާ ހޯލްޑިންގެ އެއް ޑިރެކްޓަރު ކަމަށްވާ ޗަމްޕާ ހުސެއިން އަފީފު ވެސް ބައިވެރި ވެޑައިގަތެވެ.
މި ރަސްމިއްޔާތުގައި ޗަމްޕާ ހުސެއިން އަފީފު ވިދާޅުވީ ދެކުނު އެފްރިކާއިން އައްޑުއަށް ދަތުރު ކުރުމުގެ ހިޔާލަކީ އެފްރިކާއަށް ނިސްބަތްވާ އަދި ސައުތު އެފްރިކަން އެއާވޭސްގެ ޓުއާ އޮޕަރޭޓަރު ކީތުގެ ހިޔާލެއް ކަމަށެވެ.
"މީގެ 40 އަހަރު ކުރިން ކީތު ކުރެއްވި ހިޔާލެއް މިއީ. ހަގީގަތަކަށް ވެގެން މިދިޔައީ. ފުރަތަމަ ކީތު ވަޑައިގެންނެވިއިރު ސާމްޕަލް ވެސް ގެނައި،" އަފީފު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 5,876 މީހުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައި 5,876 މީހުންނާ އަޅާބަލާއިރު 11.5 ޕަސެންޓް އިތުރުވުމެކެވެ.