ހަބަރު

ސީއެސްސީގެ މެންބަރު ކަމަށް އާމިރާ އައްޔަންކޮށްފި

Dec 2, 2018

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް ފާތިމަތު އާމިރާ މިއަދު އައްޔަންކޮށްފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އާމިރާއަށް މަގާމުގެ ލިޔުން ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ސީއެސްސީއަށް އާމިރާ އައްޔަން ކުރަން މަަޖިލީހުން ފަސްކުރީ 72 މެންބަރުންގެ ވޯޓާއެކުގަ އެވެ.

އާމިރާއަކީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް މުހައްމަދު ޒާހިރުގެ އަނބިކަނބަލުންނެވެ. އޭނާ މީގެ ކުރިން ތައުލީމީ ދާއިރާގެ ގިނަ މަގާމްތަކެއް ފުރުއްވާ ސަރުކާރުގައި ހިދުމަތް ކުރައްވާފައިވާ އިރު ސީއެޗްއެސްއީގެ ޕްރިންސިޕަލް ކަން ވެސް އާމިރާ ގިނަ ދުވަސް ވަންދެން އަދާ ކުރެއްވި އެވެ.