ހަބަރު

އައިޖީއެމްއެޗްގެ ސީއީއޯއަކަށް ސަލީމް

Dec 3, 2018
8

ސަރުކާރު ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމަށް އިބްރާހިމް ސަލީމް، ކުޑަ ބަންދޭ ހަމަޖައްސައިފި އެވެ.

މީގެކުރިން އެ މަގާމުގައި ހުންނެވީ ފަރުހަތު ޝަހީރެވެ. އޭނާ އެ މަގާމުން ވަކިކޮށް، ސަލީމަށް މަގާމު ހަވާލުކޮށްފައިވަނީ އިއްޔެ އެވެ.

ސަލީމަކީ މީގެ ކުރީގެ ސަރުކާރުތަކުގައި ވެސް އެކި މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ޗެއާމަންކަން ކުރެއްވި އެވެ.