ހަބަރު

އެމްޕީއެލް އާއި ސްޓެލްކޯއަށް އެމްޑީއިން ހަމަޖައްސައިފި

Dec 4, 2018
5

ސަރުކާރުގެ ކަރަންޓް ކުންފުނި، ސްޓެލްކޯ އާއި އެމްޕީއެލްއަށް އެމްޑީއިން މިއަދު ހަމަޖައްސައިފި އެވެ.

ރާއްޖޭގެ މައި ވިޔަފާރީގެ ބަނދަރާއި އެހެން ވެސް ބަނދަރުތައް ބަލަހައްޓާ އެމްޕީއެލްގެ އެމްޑީއަކަށް ހަމަޖެއްސީ ރައީސް ނަޝީދުގެ ސަރުކާރުގައި އެސްޓީއޯގެ އެމްޑީއަކަށް ހުންނެވި، އައްޑޫ، ހުޅުދޫ ވާރުގޭ ޝާހިދު އަލީ އެވެ. ގައުމީ ކަރަންޓް ކުންފުނި ސްޓެލްކޯގެ އެމްޑީއަކަށް ހަމަޖެއްސީ، ހ. ސަންދަލީގެ ހަސަން މުގުނީ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ވެސް ސަރުކާރުން ވަނީ، ސަރުކާރުގެ ބޮޑު ތިން ކުންފުންޏަކަށް އެމްޑީއިން ހަމަޖައްސައިފަ އެވެ. އެގޮތުން އެސްޓީއޯއަށް ހަމަޖެއްސީ، އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގައި ވެސް މަސައްކަތް ކުރައްވާ، އަދި ރައީސް ނަޝީދުގެ ސަރުކާރުގައި އެމްޓީސީސީގެ އެމްޑީކަން ވެސް ކުރެއްވި ހުސެއިން އަމުރު އެވެ. އަދި އައިލެންޑް އޭވިއޭޝަން، އައިއޭސްގެ އެމްޑީއަކަށް ހަމަޖެއްސީ، އެ ކުންފުނީގެ ދަށުން ހިންގާ މޯލްޑިވިއަން ހޮލިޑޭޒްގެ މެނޭޖަރަކަށް ހުންނެވި މުހައްމަދު ރިޒްވީ އެވެ. އެމްޑަބްލިއުއެސްސީއަށް ހަމަޖެއްސީ އެސްޓީއޯގެ ކުރީގެ އެމްޑީ އަދި ކާނަލް ނާޒިމްގެ ކޮއްކޮ، އާދަމް އާޒިމް އެވެ.